އެމްޖޭއޭގެ ޓީމު ލަންކާއަށް ފުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި
ދިވެހި ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓު އެސޯސިއޭޝަން (އެމްޖޭއޭ) ގެ ޓީމެއް ސްރީލަންކާއަށް ގޮސްފި އެވެ.
އެމްޖޭއޭގެ ފަރާތުން ލަންކާގެ ވެރިރަށް ކޮލަމްބޯއަށް ފުރީ އެ އެސޯސިއޭޝަންގެ ގެ ރައީސް އަދި 'ދައުރު' ނޫހުގެ އަހްމަދު ނާއިފް، އެސޯސިއޭޝަންގެ ނައިބު އަދި 'އަދަދު' ނޫހުގެ މުހައްމަދު ޝަހުޒާން، އެމްޖޭއޭގެ ބާނީ އަދި 'ދައުރު'ގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒާހިރު (ހިރިގާ)ގެ އިތުރުން އެމްޖޭއެގެ އެކްޒެކެޓިވް ޑިރެކްޓަރު ޖުނައިދު ސަލީމް އެވެ.
މި މީހުން މި ވަގުތު ތިބީ ލަންކާގަ އެވެ.
އެމްޖޭއޭއިން ކުރި ޕޯސްޓެއްގައި ބުނީ ލަންކާ އަށް ކުރާ ދަތުރުގައި، ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް ހާލަތާ ގުޅޭ މައުލޫމާތު ލަންކާގައި ތިއްބަވާ ބޭރުގެ ޑިޕްލޮމެޓުންނާ ހިއްސާކުރާނެ ކަމަށެވެ. އޭގެ އިތުރުން މީޑިއާ ކޮންޓްރޯލް ކުރުމުގެ ގާނޫނާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް ވެސް ހިއްސާކުރުން ހިމެނޭނެ ކަމަށް އެމްޖޭއޭއިން ބުންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން އެމްޖޭއޭގެ މި ދަތުރުގައި ލަންކާގެ ޕްރެސް ކޮމްޕްލެއިންސް ކޮމިޝަނާއި އެ ގައުމުގެ ނޫސްވެރިކަމުގެ ޖަމިއްޔާތަކާއި ބައްދަލުކުރުމަށް ހަމަޖެހިފައިވެ އެވެ. އޭގެ ތެރޭގައި ޔޫރަޕިއަން ޔޫނިއަން އަދި ބައެއް ގައުމުތަކުގެ ސަފީރުން ހިމެނެ އެވެ.
ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި ނޫސްވެރިން ކަންބޮޑުވުންތައް ފާޅުކުރަމުން ދަނިކޮށް މީޑިއާ ކޮންޓްރޯލް ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. އެ ކޮމިޝަންގެ އިންތިހާބު ގިނަ މީޑީއާތަކުން ބޮއިކޮޓްކޮށްފައިވެ އެވެ.
0%
0%
0%
0%
0%
6 ގަޑިއިރު ކުރި
0
7 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2