ނުރައްކާތެރި ބައްޔެއް ކަމަށްވާ އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސް އެއް ފެނުމާ ގުޅިގެން ހަދަމުންދިޔަ ކޮންޓެކްޓް ޓްރޭސިންގް މިހާރު ނިމިއްޖެ ކަމަށާއި އިތުރު ކޭސް އެއް ފެނިފައިނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ހާމަކޮށްފި އެވެ.
ރާއްޖެއިން މި ބަލީގެ ކޭސް އެއް ފެނިއްޖެކަން ހާމަ ކުރަމުން އެޗްޕީއޭ އިން މި މަހުގެ 7 ވަނަ ދުވަހު ބުނެފައިވަނީ އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސް އެއް ފެނުމާ ގުޅިގެން ކަމާ ބެހޭ މައުލޫމާތު އެއްކޮށް، ކޮންޓެކްޓް ޓްރޭސިންގް ހަދާ، ހައި ރިސްކް ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށްދޭ ޕްރޮފައިލެކްޓިކް ބޭސް ދިނުމާއި، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޅުމަށް އެ އެޖެންސީން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި ބަލި ރާއްޖެއިން ފެނިފައިވަނީ އެހެން ޤައުމަކުން އައި އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނެއްގެ ގައިން ނެވެ.
އެޗްޕީއޭ އިން މިއަދު ބުނީ، މި ބަލީގެ ކޭސް އެއް ފެނުމާ ގުޅިގެން ހެދި ކޮންޓެކްޓް ޓްރޭސިންގް މިހާރު ނިމިފައިވާ ކަމަށާއި ޓްރޭސިންގް ހެދި އެއްވެސް ފަރާތަކުން މި ބަލީގެ އަލާމާތެއް ފެނިފައިނުވާ ކަމަށެވެ. އަދި މި ބަލީގެ އިތުރު ކޭސްއެއް ވެސް ފެނިފައި ނުވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
އިންވޭސިވް މެނިންގޯކޮކަލް ބައްޔަކީ ނައިސީރިއާ މެނިންގްޓައިޑިސް ކިޔާ ބެކްޓީރިއާ އަކުން ޖެހޭ ބައްޔެކެވެ. މިއީ ވަރަށް މަދުން ޖެހޭ ބައްޔެއް ނަމަވެސް، މިބަލި ޖެހިއްޖެނަމަ މި ބަލީގައި ބޮޑުވަރުވާލެއް ވެސް ވަރަށް އަވަހެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0