ބަންޑާރަ ނައިބު އަޙްމަދު އުޝާމް / ފޮޓޯ: ބަންޑާރަ ނައިބުގެ އޮފީސް
"ބަންޑާރަ ނައިބު"ގެ އޮފީހުގެ ނަމުގައި ސިވިލް ސާވިސްގައި ނުހިމެނޭ ސަރުކާާރުގެ ވަކި ހިދުމަތެއް ގާއިމުކުރަން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން އެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ ޕީއެންސީއަށް ނިސްބަތްވާ މެންބަރު ޢަބްދުﷲ ރިފާޢު އެވެ. މި ބިލު މަޖިލީހުން ފާސްވީ 64 މެންބަރުންގެ ވޯޓާއެކު ގައެވެ.
މިއީ ބަންޑާާރަ ނައިބުގެ އޮފީހުގެ މަސައްކަތްތައް ރޭވިފައިވާ ގޮތާާއި އެ އޮފީސް ހިންގުމާ ގުޅޭ އުސޫލުތަކާއ،ި އެ އޮފީހުގެ މުވައްޒަފުންނާ ގުޅޭ އެންމެހާ އުސޫލުތައް ކަނޑައެޅުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލުމުގެ މަގުސަދުގައި ހުށަހެޅި ބިލެއް ކަމަށް ބުނެފައިވެ އެވެ.
މިއަދު ފާސްކުރި އެ ބިލުގައި ވަނީ ސިވިލް ސާވިސް އިން ބޭރުން، އެ އޮފީހުގެ މުވައްޒަފުންގެ ކަންކަން އާ ދެ ސާވިސްއަކުން ގެންދާ ގޮތަށް ހަމަޖެއްސުމަށެވެ. އެގޮތުން ބަންޑާރަ ނައިބުގެ އޮފީސް ބެހިގެންވާ ދެ ސާވިސްއަކީ ލީގަލް ސާވިސް އަދި އެޑްމިނިސްޓްރޭޓިވް ސާވިސް އެވެ.
ލީގަލް ސާވިސްގައި ހިމެނެނީ އޭޖީ އޮފީހުން އަދާކުރަން ޖެހޭ ގާނޫނު މަސްއޫލިއްޔަތުތަކަށް އެ އޮފީހަށް އައްޔަންކުރާ އެ ދާއިރާގެ ފަންނީ މުވައްޒަފުންނެވެ. މި ސާވިސްގެ މުވައްޒަފުން އައްޔަންކޮށް ވަކިކުރުގެ ބާރު އޮންނަނީ ބަންޑާރަ ނައިބަށެވެ.
އެޑްމިނިސްޓްރޭޝަން ސާވިސްގައި ހިމެނެނީ، އެ އޮފީހުގެ ލީގަލް ޑިވިޝަންތަކުގެ އިދާރީ ހިންގުމަށާއި އޮފީހުގެ އާންމު އިދާރީ ހިންގުމަށް އައްޔަންކުރާ މުވައްޒަފުންނެވެ. މި ސާވިސްގެ މުވައްޒަފުން އައްޔަންކޮށް ވަކިކުރުން އޮންނަނީ އެ އޮފީހުގެ ސެކްރެޓަރީ ޖެނެރަލްގެ ލަފައާއެކު ބަންޑާރަ ނައިބު ކުރާ ގޮތަށެވެ.
އެ ބިލުގައި ބުނެފައިވާ ގޮތުން ބިލު ތަސްދީގުކުރުމާއެކު ކުރިން ބަންޑާރަ ނައިބުގެ އޮފީހުގެ މުވައްޒަފުންގެ ގޮތުގައި ތިބި ސިވިލް ސާވިސްގެ މުވައްޒަފުން، އެ ހިނދުން ފެށިގެން ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުންގެ ގޮތުގައި ބަދަލުވެގެންދާނެ އެވެ.
ބަންޑާރަ ނައިބުކަމުގެ މަގާމަށް މީހަކު އައްޔަނުކޮށް ވަކިކުރާނީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ ކަމަށް ވެސް މިއަދު ފާސްކުރި ބިލުގައި ބުނެފައިވެ އެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0