ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް ވަގަށް ނެގި މީހުން އެކަމުން ލިބުނު ފައިސާ ހަރަދުކުރީ ޖުވާ ކުޅެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ނާޒިމް އެހެން ވިދާޅުވީ ޖުވާކުޅުމަކީ ޖިނާއީ ކުށަކަށް ހަދަން ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަޒާން މަރުޒޫގު ހުށަހެޅުއްވި ބިލަށް ކުރި ބަހުސްގައި އެވެ.
އެ ބަހުސްގައި ނާޒިމް ވިދާޅުވީ ސިނގިރެޓްގެ ބޮޑު ވައްކަމުން ހޯދި ފައިސާއިން ކުޅުނީ ޖުވާ ކަމަށެވެ. އަދި އެ ފައިސާ އިތުރުކުރަން މަސައްކަތް ކުރުމުގެ ތެރޭގައި އެ މީހުންގެ އަތުން ފައިސާތައް ގެއްލިފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.
"އެންމެ ބޮޑު ވައްކަމުގެ ގޮތުގައި މި ފާހަގަ ކުރެވުނު ސިނގިރެޓްގެ ވައްކަމުގެ ތެރޭގައި ވެސް އަޅުގަނޑުމެންނަށް މައުުލޫމާތު ލިބިފައިވާ އެކަމުގެ ފައިސާ ލިބުނު ފަރާތްތަކުން ވަނީ އެ ފައިސާއަށް ބެޓްކޮށް އަދި ޖުވާކުޅެ އޭގެން ނަފާ ހޯދަން މަސައްކަތްކޮށް އެ ހުރިހާ ފައިސާއެއް ގެއްލިފައި،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވި ގޮތުގައި އެ މީހުން ޖުވާކުޅެގެން ހޯދި ފައިސާ އެމީހުންގެ އެކައުންޓްތަކަށް ޖަމާކުރަން ކުންފުނިތަކެއް ހަދާފައިވެ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ކުންފުނިތައް ރަޖިސްޓްރީކޮށްފައި ހުރީ ރާއްޖޭގައި ކަމަށާއި، އެކަމުން ދޭހަވަނީ ފުޅާ ދާއިރާއެއްގައި ޖުވާގެ ކަންތައް ހިންގާކަން ކަމަށެވެ.
ސަރުކާރުން މަޖިލީހަށް މިއަދު ހުށަހެޅި ބިލުގައި ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަންތަން ހިންގުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅައި އެއް އަހަރާއި ހަތަރު އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭ ގޮތަށް ގާނޫނު އިސްލާހުކުރުން ހިމެނެ އެވެ.
އިސްލާހުގައިވާ ގޮތުން، މުނިފޫހިފިލުވުން ނުވަތަ ކުޅިވަރުގެ ބޭނުމަށް އެކި ފަރާތްތަކުން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތްތަކުގައި ބައިވެރިވެ، އެފަދަ މުބާރާތްތަކުގެ ބައިވެރިންނަށް ފައިސާ ނުވަތަ އަގުހުރި އެއްޗެއް އެކުލެވޭ އިނާމެއް ދިނުމާއި އެއްވެސް އަގެއް ދިނުމަކާ ނުލާ މީހުންގެ މެދުގައި ގުރުއަތު ލައިގެން ހޮވޭ ފަރާތަކަށް ނުވަތަ ފަރާތްތަކަށް ފައިސާ، ނުވަތަ އަގުހުރި އިނާމެއް ދިނުން ޖުވާ ކުޅުމުގެ ތެރޭ ނުހިމެނެ އެވެ.
0%
0%
0%
0%
0%
1 ގަޑިއިރު ކުރި
0
13 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2