މީކާއިލް އަހުމަދު ނަސީމް - ފޮޓޯ: މަޖިލިސް
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާނެ ކަން އިއުލާންކުރައްވާފައިވާ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަހުމަދު ނަސީމަކީ ވަކި ފެކްޝަނެއްގެ ބޭފުޅެއް ނޫން ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
މީކާއިލް މިހެން ވިދާޅުވީ 'ދައުރު' ނޫހުން އަލަށް ފެށި 'އެއްބަސްވެ ދެބަސްވަމާ' ވޮޑްކާސްޓްގައި އިއްޔެ ވާހަކަ ދައްކަވަމުންނެވެ.
އެމްޑީޕީގެ އެތެރޭގައި ރިޔާސީ ޓިކެޓުގެ ވާދަވެރިކަން ވަނީ ބޮޑުވެފަ އެވެ. ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއި ޗެއާޕާސަންކަމުން މިފަހުން އިސްތިއުފާ ދެއްވި ފައްޔާޒު އިސްމާއީލާ ދެމެދު ވާދަވެރިކަން ވަނީ ބޮޑުވެފަ އެވެ. އެމްޑީޕީއާ އަލުން ގުޅިވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުންނަވަނީ ފައްޔާޒާ އެކުގަ އެވެ.
މީކާއިލް އިއްޔެ ވިދާޅުވީ ގައުމީ އިންތިހާބުތަކުގައި އެމްޑީޕީއަށް ކާމިޔާބު ހޯދޭނީ ޕާޓީގެ ހަރަކާތްތަކާއި މަސައްކަތްތައް އެ ކަމަށް ފޯކަސް ދެވޭނެ ޗެއާޕާސަނަކަށް ކަމަށެވެ. އެ ކަން ވުމަށް ވަކި ފެކްޝަނަކަށް ނިސްބަތް ނުވާ ޗެއާޕާސަނެއް ޕާޓީ ހިންގަން ހުރުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަށް ވާހަކަ ދެކެވޭނެ ކުރީގެ ރައީސް ނަޝީދާ ވެސް. އަޅުގަނޑަށް ވާހަކަ ދެކެވޭނެ ކުރީގެ ރައީސް ސޯލިހް ވެސް. ޕާޓީގެ ރައީސް ޝާހިދު ވެސް އަދި ޕާޓީގެ ކުރީގެ ޗެއާޕާސަން ފަޔާއާ ވެސް," މީކާއިލް ވިދާޅުވި އެވެ.
އޭގެ އިތުރުން ދެން އަންނަ ރިޔާސީ އިންތިހާބުގެ އަހަރު، 2028ގައި މީކާއިލަށް އިންތިހާބުގައި ވާދަކުރެވޭނޭ އުމުރު ވެސް ހަމަނުވާނެ އެވެ. އެހެންވެ މީކާއިލަކީ މި ވަގުތު ރިޔާސީ ޓިކެޓުގެ ޝައުގުވެސް ގެންގުޅުއްވޭނެ ބޭފުޅެއް ނޫނެވެ.
"ނިއުޓްރަލް ސްޓޭންޑްގެ ޗެއާޕާސަނެއް. ޗެއާޕާސަން ވާން ވާނެ ހުރިހާ ފެކްޝަނަކާ ވެސް ވާހަކަ ދައްކައިގެން އެ އެންމެން އެއް ގަލަކަށް އަރުވައިގެން ނުކުމެވޭނެ މީހަކަށް. އަޅުގަނޑު ދެކޭ ގޮތުގައި މި ވަގުތު އެ މީހަކީ އަޅުގަނޑު,"
އޭނާ ވިދާޅުވީ އެމްޑީޕީގެ ހިންގުމުގެ ލީޑާޝިޕް ޒުވާން ވާން ޖެހިއްޖެ ކަމަށް ވެސް އޭނާ ގަބޫލުކުރައްވަ އެވެ. އަންނަ ރިޔާސީ އިންތިހާބުގައި ވޯޓުލާ ބޮޑު ނިސްބަތަކީ ޒުވާނުންނަށް ވެފައި، ޒުވާން ހިޔާލުތައް އެމްޑީޕީއަށް ގެނެވޭނީ ޒުވާން ލީޑާޝިޕަކަށް ކަމަށް ވިދާޅުވި އެވެ.
0%
0%
0%
0%
0%
7 ގަޑިއިރު ކުރި
0
13 ގަޑިއިރު ކުރި
0
17 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2