މޮރިޝަސް އިން ރާއްޖެއާ ހާރިޖީ ގުޅުން ކަނޑާލަން ނިންމައިފި އެވެ.
މޮރިޝަސް އިން ރާއްޖެއާ ހާރިޖީ ގުޅުން ކަނޑާލީ ޗާގޯސްގެ ޖަޒީރާ ރަށްތަކާ މެދު އުފެދިފައިވާ ހިލާފުތަކާ ގުޅިގެންނެވެ.
މޮރިޝަސްގެ ކެބިނެޓުގެ އިއްޔެ ބައްދަލުވުމުގައި ނިންމި ނިންމުންތަކުގެ ތެރޭގައި ޗާގޯސްގެ ޖަޒީރާގެ ރަށްތަކުގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ކަމަށް ރާއްޖޭން ގަބޫލުކުރަން މިހާރު ދެކޮޅު ހަދައި އިނގިރޭސި ސަރުކާރާ އެކު އެކުލަވައިލަން މަސައްކަތްކުރާ އެއްބަސްވުމަށް ވެސް ރާއްޖޭން އިއުތިރާޒު ކުރާކަން ވަނީ ފާހަގަކޮށްފަ އެވެ.
އެހެންވެ މި ވަގުތުން ފެށިގެން ރާއްޖެއާ އެކު އޮތް ހާރިޖީ ގުޅުން ސަސްޕެންޑު ކުރުމަށް ކެބިނެޓުން ނިންމާފައިވާކަމަށް މޮރިޝަސްގެ ބޮޑުވަޒީރުގެ އޮފީހުން އާންމުކުރި ބަޔާނެއްގައި ބުންޏެވެ.
މޮރިޝަސްގެ މި ނިންމުމާ ގުޅޭގޮތުން ދިވެހި ސަރުކާރުން އަދި މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައިނުވާއިރު ރާއްޖެއާ އެކު އޮންނަ ހާރިޖީ ގުޅުން ސަސްޕެންޑުކުރަން ޗާގޯސް އިން ނިންމީ ޗާގޯސްގެ ޖަޒީރާ ރަށްތަކުގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލުކުރުމަށް އިއުތިރާޒުކޮށް، އެކަމާ ގުޅޭ ގޮތުން އިނގިރޭސި ވިލާތުގެ ސަރުކާރާ އެކު މަޝްވަރާކުރަން ދިވެހި ސަރުކާރުން ރަސްމީކޮށް އެދިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވާފައި ވަނިކޮށެވެ.
ރައީސް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުން ކުރީގެ ރަސްމީ ލިޔެކިއުންތަކުގައި ރާއްޖޭގެ ސިޔާދަތީ އިމުގެ ތެރޭގައި ޗާގޯސް ހިމަނައިފައިވާކަން ތާރީހުން ކަށަވަރުވާ ކަމަށެވެ. އެ ކަންކަމާ އެކީގައި ޗާގޯސްގެ ރަށްތައް ކައިރިއަށް އޭރުވެސް މިހާރުވެސް ދިވެހި މަސްވެރިން މަހަށް ނިކުންނަ ކަމަށް ރައީސް ވިދާޅުވި އެވެ.
0%
0%
0%
0%
0%
1 ގަޑިއިރު ކުރި
0
13 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

18 ޖަނަވަރީ 2026
2