ސަރުކާރު ވެރިކަންކުރާ ޕާޓީ، ޕީއެންސީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓު މަރިޔަމް ޝިއުނާ ބުރުގާ ނާޅާއިރުގެ ފޮޓޯއެއް އާންމުކުރި މައްސަލައިގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދާ ދެކޮޅަށް ދައުވާކުރަން ހުށަހަޅައިފި އެވެ.
ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ޝިއުނާ ބުނީ އޭނާ ބުރުގާ ނާޅާއިރުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުކުރަމުންދާ މައްސަލައިގައި ޖަމީލުއާ ދެކޮޅަށް ދައުވާކޮށް ޖަމީލުގެ އަމަލުގެ ސަބަބުން ގެއްލިފައިވާ ހައްގު ހޯދުމަށް ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައިވާ ކަމަށެވެ.
ކުރީގެ ނައިބު ރައީސްކަން ކޮށް ވެރިކަމާހެދި ފެންބޮވައިގެން ހުއްޓާ ވެރިކަން ނުލިބުމުން އެކަމުގެ ރުޅީގަ @MJameelAhmed ސޯޝަލްމީޑިއާގައި ސިޔާސީ ބޭނުމަށް އަޅުގަނޑަށް ފުރައްސާރަ ކޮށް ޙިޖާބު ނުވާއިރުގެ ފޮޓޯތައް އާންމުކޮށް ހަދަމުންދާ މައްސަލައިގަ ޖަމީލުއާއި ދެކޮޅަށް ދަޢުވާކުރުމަށް އަދި…
— Mariyam Shiuna (@shiuna_m) January 18, 2026![]()
"ޖަމީލު ސޯޝަލް މީޑިއާ ގައި ސިޔާސީ ބޭނުމަށް އަޅުގަނޑަށް ފުރައްސާރަކޮށް ހިޖާބު ނުވާއިރުގެ ފޮޓޯތައް އާންމުކޮށް ހަދަމުންދާ މައްސަލާ ގައި ޖަމީލުއާ ދެކޮޅަށް ދައުވާ ކުރުމަށް އަދި ގެއްލިފައިވާ ހައްގުތައް ހޯދުމަށް ކަމާބެހޭ އިދާރާތަކަށް ހުށަހަޅައިފިން،" ޝިއުނާ ކުރި ޕޯސްޓުގައި ބުންޏެވެ.
ޖަމީލުއާ ދެކޮޅަށް ޝިއުނާ ދައުވާ ކުރަން ހުށަހެޅީ ޝިއުނާގެ ކުރީގެ ފޮޓޯއަކާއި ފަހުގެ ފޮޓޯއަކާއެކު ޖަމީލު ހިއްސާކުރެއްވި ޕޯސްޓުގައި ވަނީ އަލް ހުޖުރާތު ސޫރަތުގައި ދޮގު ހަބަރު ފަތުރާ މީހުންނާ ގުޅޭގޮތުން އައިސްފައިވާ އާޔަތެއްގެ މާނަ ހިއްސާ ކުރެއްވުމާ ގުޅިގެންނެވެ.
0%
0%
0%
0%
0%
11 ގަޑިއިރު ކުރި
0
20 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2