މޯލްޑިވްސް ބްރޯޑްކާސްޓީން ކޮމިޝަން (ބްރޯޑް ކޮމް) ގެ މެެމްބަރުކަމަށް ކުރީގެ ޓީވީ ޕްރެޒެންޓަރު ޒަމްއަތު އަހްމަދު ވަހީދު އައްޔަނު ކުރުމާށް ރައްޔިތުން މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
އެ ކޮމިޝަނަށް މެމްބަރަކު އައްޔަނު ކުރީ އެ ކޮމިޝަނުގެ މެންބަރު އާމިނަތު އަމީނާ (އަނާ) ގެ ދައުރު ހަމަވުމުންނެވެ. އަނާގެ ދައުރު ހަމަވާތީ ބްރޯޑްކޮމްގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ ހަ ބޭފުޅެކެވެ.
ހަބޭފުޅުންނާއިވެސް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ އިން އިންޓަވިއުކޮށް މާކްސް ދީފައިވެއެވެ. އޭގެ ތެރެއިން 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބުނީ ތިން ބޭފުޅަކަށެވެ.
މިއަދުގެ މަޖިލީހުގައި ޒަމްއަތު އެ މަގާމަށް އައްޔަނުކުރުމަށް ފެންނަކަމަށް ވޯޓުގައި ބައިވެރިވި 54 މެންބަރުން ވޯޓު ދެއްވިއެވެ.
ޒަމްއަތު ގިނަ އަހަރުތަކެއްވަންދެން ޕަބްލިކް ސާވިސް މީޑިޔާ ޕީއެސްއެމް ގެ އިތުރުން އަމިއްލަ މީޑިޔާތަކުގައި ނޫސްވެރިއަކަށް މަސައްކަތް ކުރައްވައިފައިވެއެވެ. އޭނާ މިހާރު ފުރުއްވަނީ އިސްލާމިކް މިނިސްޓްރީގެ ޗީފް އެގްޒެކެޓިވް އޮފިސަރުކަމުގެ މަގާމެވެ.
ޒަމްއަތަކީ ނޫސްވެރިކަމުގެ ދާއިރާއިން މާސްޓާސް ހައްދަވައިފާ ބޭފުޅެކެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0