މުދާ އުފުލާ ބޯޓެއް އަނދައިފި؛ އެކަކު ގެއްލިގެން ހޯދަނީ

BREAKING: Male' dhathurukuramundhiya mudhaa ufulaa boat eh andhai huli vejje

ހޮޅުދޫ ބޯޓުގައި އަނދަނީ---

ހަބަރު

މާލެ ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓެއްގައި ރޯވެ އަނދަމުން އެބަދެއެވެ. 

އެނގިފައިވާ ގޮތުގައި ރޯވެ އަނދަމުންދަނީ މާލެ އާއި ތ އަތޮޅާ ދެމެދު ދަތުރުކުރާ ލ އަތޮޅު ބޯޓެއްކަމުގައިވާ ހޮޅުދޫ ބޯޓުގައެވެ.

އެ ބޯޓުގައި ރޯވީ ތ އަތޮޅު ކަނޑޫދޫން މުދާ ބަރުކޮށްގެން، މާލެއަށް ދިއުމަށް ދަތުރު ފެށިތާ ކުޑައިރުކޮޅެއް ނުވެ ކަނޑޫދޫ ނެރާ ދިމާލުން ބޭރުންނެވެ. ނަމަވެސް ރޯވި ސަބަބެއް ސާފެއް ނޫނެވެ. 

އެ ބޯޓުގައި އަދިވެސް ރޯވެ އަނދަމުންދާއިރު އެކަކު ފިޔަވައި އޭގައި ތިބި މީހުން ވަނީ ސަލާމަތްކޮށް ކަނޑޫދޫއަށް ގެންގޮސްފައެވެ. އަދި އެކަކު ގެއްލިގެން ހޯދަމުންދާކަން އެނގިފައިވެއެވެ. 

ނުފެންނަނީ ލ. މާވަށަށް ނިސްބަތްވާ 25 އަހަރުގެ އަލީ މުޝްފިގް މުހައްމަދެވެ.

ޖުމުލަ 18 މީހުން ދަތުރުކުރަމުން ދިޔަ ދޯނިން 17 މީހަކު ސަލާމަތްކޮށްފައިވާ ކަމަށް ސިފައިން ބުންޏަސް، އެއިން މީހަކަށް އަނިޔާއެއްވީ ކަމެއް ސިފައިން އަދި ނުބުނެ އެވެ. މައުލޫމާތު ލިބޭ ގޮތުގައި ދެ މީހަކަށް ކަނޑޫދޫ މަރުކަޒުގައި ފަރުވާ ދެމުންދެ އެވެ.

އެންޑީއެފުން ބުނީ ހޮޅުދޫ ބޯޓުގައި ރޯވެ، އަނދަމުންދާތީ ކައްދޫ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

 

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Haha
Haha

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Neyvaa nulevigen aadheyskurumunves oxygen gulhainudhin, furaana ah nurakkave ventilatorah!

ނޭވާ ނުލެވިގެން އާދޭސްކުރުމުންވެސް އޮކްސިޖެން ގުޅައިނުދިން، ފުރާނައަށް ނުރައްކާވެ ވެއްޓިލޭޓަރަށް!

0

Rasdhoogai fihunu firihen meehaa faruvaa ah India ah, haalathu annnanee rangalhuvamun

ރަސްދޫގައި ފިހުނު ފިރިހެން މީހާ ފަރުވާއަށް އިންޑިއާއަށް، ހާލަތު އަންނަނީ ރަނގަޅުވަމުން!

0

BREAKING: Rasdhoo gai kotari eh roave 2 meehaku fihijje

ރަސްދޫގައި ކޮޓަރިއެެއް ރޯވެ ދެ މީހަކު ފިހެއްޖެ

2

SR ge Bey; Amillavantha Music ge Baanee Akah

އެސްއާރުގެ ބޭ؛ އަމިއްލަވަންތަ މިއުޒިކްގެ ބާނީއަކަށް

0