ހއ. ހޯރަފުށި / ފޮޓޯ: ޕީއެސްއެމް
ހއ. ހޯރަފުށީ ބޮޓްލިންގް ޕްލާންޓުގެ މަސައްކަތް ފެނަކަ އިން ހުއްޓާލާފައިވާ ކަމަށް ބުނެ، ފެނަކައާ ދެކޮޅަށް ދައުވާ ކުރަން ނިންމާފައިވާ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.
އެ ޕްރޮޖެކްޓަކީ ހޯރަފުށި ކައުންސިލާއި ފެނަކައާ އެކު ޖޮއިންޓް ވެންޗަރ އުސޫލުން ހިންގާ ގޮތަށް ކުރީ ސަރުކާރުން ފެށި ޕްރޮޖެކްޓެކެވެ.
މިކަމާ ގުޅޭގޮތުން ހޯރަފުށީ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޕްރޮޖެކްޓްގެ މަސައްކަތް ހުއްޓާލީ އިމާރާތް ވަރަށް ބޮޑަށް ނިމެން ގާތްވެފައިވަނިކޮށް ކަމަށާއި އަންނަ މަހު އެތަން ހުޅުވައި އޮޕަރޭޝަންތައް ފަށާނެ ކަމަށް ފެނަކައިން ޔަގީންކަން ވެސް ދީފައިވަނިކޮށް ކަމަށެވެ.
ހޯރަފުށީ ކައުންސިލުން ބުނެފައި ވަނީ ފެނަކައިގެ އެ ނިންމުމަކީ އެ ކައުންސިލާ އެކު ވެފައިވާ އެއްބަސްވުމާ ހިލާފަށް ނިންމި ނިންމުމެއް ކަމަށް ވާތީ، އެކަން ޝަރީއަތަށް ހުށަހަޅައިގެން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން އެ ކައުންސިލުން ބުނެފައި ވަނީ ބޮޓްލިން ޕްލާންޓްގެ މަސައްކަތްތައް ކުރުމަށް ނަގާފައިވާ މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުންތައް ވެސް ނިމުމަކަށް ގެެނެސް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0