އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ބަޖެޓު ހުށަހަޅުއްވައިދެއްވީ މާލީ ވަޒީރު މޫސާ ޒަމީރު އެވެ.
މިއީ ރާއްޖޭގައި މިހާތަނަށް އަހަރަކަށް ލަފާކުރި އެންމެ ބޮޑު ބަޖެޓަށްވާއިރު، މިއީ މި އަހަރުގެ ބަޖެޓަށް ވުރެ ގާތްގަނޑަކަށް 8 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
މިހާ ބޮޑު ބަޖެޓެއްގެ 9 ބިލިއަން ރުފިޔާއަކީ އަންނަ އަހަރު ދައްކަން އޮތް ބޮޑު ދެ ލޯނެއްގެ ޕޭމަންޓަށް ޖެހޭ އަދަދެވެ. އެ ދަރަނި ނެގުމަށްފަހު މިދިޔަ އަހަރަށްވުރެ 1.5 ބިލިއަން ބަޖެޓް ކުޑަކަން ވަޒީރު ފާހަގަ ކުރެއްވި އެވެ.
އަންނަ އަހަރުގެ އާމްދަނީގެ ގޮތުގައި 40.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރަނީ 373.6 މިލިއަން ރުފިޔާ އެވެ. ބަޖެޓުގައި 9.3 ބިލިއަން ރުފިޔާ ހިމަނާފައިވަނީ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ހަރަދަށެވެ.
ހަރަދުވާނެ ކަމަށް 49.2 ބިލިއަން ރުފިޔާ ލަފާކޮށްފައިވާއިރު، ބަޖެޓު ޑެފިސިޓް ފައިނޭންސް ކުރަން 8.8 ބިލިއަން ރުފިޔާ ބޭނުންވާނެ އެވެ.
އަދި ބަޖެޓުގެ 62 އިންސައްތަ ކަނޑައަޅާފައިވަނީ ރިކަރަންޓު ހަރަދަށެވެ. އެއީ 39.9 ބިލިއަން ރުފިޔާ
ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ އެ ބަޖެޓުގެ ފިސްކަލް އަމާޒުތަކަކީ2028 ގެ ނިޔަލަށް އޯވަރޯލް ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 5 ޕަސެންޓަށް ދަށްކުރުން ކަމަށެވެ.
އަދި ދައުލަތުގެ ސީދާ ދަރަނި 117 އިންސައްތަ ކުޑަކުރުމުގެ އިތުރުން ޕީއެސްއައިޕީ ހަރަދު 7 އިންސައްތަ ވުރެ މަތިނުވާނެހެން ކަނޑައެޅުން ކަމަށެވެ.
0%
0%
0%
0%
0%
7 ގަޑިއިރު ކުރި
0
7 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2