މި އަހަރަށް ކަނޑައަޅާފައިވާ ބްލޮކް ގްރާންޓުން އިދާރީ ހިންގުމުގެ ޚަރަދުތައް ހަމަނުޖެއްސޭތީ އެކަމުގެ ކަންބޮޑުވުން ހއ. އަތޮޅު ކައުންސިލުން ފާޅުކޮށްފި އެވެ.
ކައުންސިލުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުގެ ތެރެއިން ހއ. އަތޮޅު ކައުންސިލަށް 2026 ވަނަ އަހަރު ކަނޑައަޅާފައިވާ ބަޖެޓަކީ 2.6 މިލިއަން ރުފިޔާ ކަމަށެވެ.
އެއީ 3 މަސްދުވަހުގެ މުއްދަތަށް ބެލިކަމުގައިވިޔަސް، ކައުންސިލްގެ މުވައްޒަފުންގެ މުސާރަ އާއި އޮފީސް ހިންގުމުގެ ގޮތުން ކޮންމެހެން ކުރަންޖެހޭ ހަރަދުތައް ކުރުމަށްވެސް އެކަށީގެންވާ މިންވަރެއް ނޫން ކަމަށާއި، އެއީ އިދާރީ ގޮތުން ކައުންސިލް ހިންގުމަށް ކުރިމަތިވާނެ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް އެ ކައުންސިލުން ބުންޏެވެ.
ކައުންސިލުން ބުނީ ދައުލަތުގެ ބްލޮކް ގްރާންޓުގެ ގޮތުގައި އެފަދަ ބަޖެޓެއް ކަނޑައަޅައިފައިވުމުގެ ސަބަބުން 2026 ވަނަ އަހަރުގެ މަސައްކަތު ތާވަލުގައި ހިމަނާފައިވާ ރައްޔިތުންނާ ސީދާ ގުޅުންހުރި ހިދުމަތްތައް ދިނުމަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
ކައުންސިލުން ބުނީ ލޯކަލް ގަވަރުމަންޓް އޮތޯރިޓީގެ ލަފާގެ މަތިން ފިނޭންސްގެ ހުއްދައަށް އެދި މިމަހުގެ 21 ވަނަ ދުވަހު ފޮނުވި ސިޓީގެ ޖަވާބުގައި އިޖުތިމާއި ހަރަކާތްތަށް ކުރިޔަށް ނުގެންދިއުމަށް އަންގާފައިވާ ކަމަށެވެ.
"ލާމަރުކަޒީ ނިޒާމުގެ ރޫހާ އެއްގޮތަށް ކައުންސިލްތަކުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި، ކައުންސިލުގެ ހަރަކާތްތަށް ހިންގޭނެ ގޮތަށް އަދި ބަޖެޓަށް ދިމާވެފައިވާ މި ދަތިތައް ހައްލުކޮށްދެއްވުމަށް ސަރުކާރުގެ ކަމާބެހޭ މުވައްސަސާތަކަށް މި ކައުންސިލުން ގޮވާލަމެވެ" ބަޔާނުގައި ބުންޏެވެ.
0%
0%
0%
0%
0%
8 ގަޑިއިރު ކުރި
0
16 ގަޑިއިރު ކުރި
0
22 ގަޑިއިރު ކުރި
0
22 ގަޑިއިރު ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

18 ޖަނަވަރީ 2026
2