ބިދޭސީ މަސައްކަތްތެރިންގެ ބައޯމެޓްރިކްސް އަދާހަމަ ނުކުރާ ފަރާތްތަކަށް އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އަޅަން ނިންމައިފި އެވެ.
އިމިގްރޭޝަނުން މިފަދަ ފިޔަވަޅެއް އަޅަން ނިންމީ ބަޔޯމެޓްރިކްސް މަޢުލޫމާތު ދީފައިނުވާ 27,773 މީހުން ފާހަގަވެފައިވާ ވަގުތެއްގަ އެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ އެކްސްޕެޓް ޕޯޓަލްގައި ވަޒީފާދޭ 68،000 ފަރާތް ރަޖިސްޓްރީވެފައިވެ އެވެ. އޭގެތެރެއިން 3،942 ފަރާތުގެ ބެލުމުގެ ދަށުގައި ތިބި 27،773 ބިދޭސީއެއްގެ ބަޔޯމެޓްރިކްސް މިހާތަނަށް އަދަހަމަކޮށްފަނުވާކަން ވަނީ ފާހަގަވެފަ އެވެ.
އެހެންކަމުން އެ ހުރިހާ އެންމެންގެ ބަޔޯމެޓްރިކްސް އަންނަ ނޮވެމްބަރު މަހުގެ 15ގެ ކުރިން އެކްސްޕެޓް އޮންލައިން ސިސްޓަމަށް އަދާހަމަކުރުމަށް މިނިސްޓްރީން ވަނި މުހުލަތެއް ދީފަ އެވެ.
މި މުހުލަތު މިހެން ދީފައިވަނިކޮށް އިމިގްރޭޝަނުން ވަނީ އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރަޖިސްޓްރީކޮށްފައިވާ ހުރިހާ ވަޒީފާދޭ ފަރާތްތަކުން އެ ފަރާތްތަކުގެ ނަމުގައި ރާއްޖެ ގެނެސްފައިވާ ބިދޭސީންގެ ބައޯމެޓްރިކްސް އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން އަދާހަމަކުރުމަށް މިއަދު އެދިފަ އެވެ.
އަދި މި މުއްދަތުގެ ތެރޭގައި އެކްސްޕެޓް އޮންލައިން ސިސްޓަމުން ބައޯމެޓްރިކްސް އަދާހަމަކޮށްފައިނުވާ ބިދޭސީން ރާއްޖެއިން ޑީޕޯޓްކޮށް، އެފަދަ ބިދޭސީންނާއި އެ ފަރާތްތަކަށް ވަޒީފާ ދޭ ފަރާތުގެ ގޮތުގައި އެކްސްޕެޓް އޮންލައިން ސިސްޓަމުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކާ މެދު އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިމިގްރޭޝަނުން ވަނީ ދީފަ އެވެ.
އެންސީއައިޓީ އިމާރާތުގައި ގާއިމްކޮށްފައިވާ ޖޮކް ސެންޓަރުން، ބަޔޯމެޓްރިކް ޑާޓާ ނެގުމުގެ ފުރުސަތު މިހާރުވެސް ވަނީ ހުޅުވާލާފަ އެވެ.
ބިދޭސީންނާ ގުޅޭ ފީތައް ނުދައްކައިގެން 8،000 އަށްވުރެ ގިނަ ފަރާތް، އެކްސްފެޓް ސިސްޓަމުން ވަނީ ސަސްޕެންޑްކޮށްފައެވެ. އެ ފަރާތްތަކުން ދަޢުލަތަށް ލިބެންޖެހޭ 1.7 ބިލިޔަން ރުފިޔާގެ ތެރެއިން މިހާތަނަށް 1.2 ބިލިއަން ރުފިޔާ ސަރުކާރުން ވަނީ ހޯދާފަ އެވެ.
މިހާތަނަށް އެއްލައްކަ ހަތްދިހަ އަށްހާހަށްވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކްސް ވަނީ ނަގާފަ އެވެ.
0%
0%
0%
0%
0%
7 ގަޑިއިރު ކުރި
0
13 ގަޑިއިރު ކުރި
0
17 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2