މަގު ހަދަން އައްޑޫ ސިޓީގެ ހިތަދޫ މޫލެކެޑެ ސަރަހައްދުން ބައެއް ހިއްކަތީވެ އެކަމާ ދެކޮޅަށް ސޯޝަލް މިޑީއާ ކެމްޕޭނެއް ފަށައިފި އެވެ.
އެ ކެމްޕޭނު ފަށާފައިވަނީ އައްޑޫގައި ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "ޕްރޮޖެކްޓް ތިމާވެށި" އިންނެވެ. މި ކެމްޕޭނު ސޯޝަލް މީޑިއާގައި ކުރިއަށް ގެންދަނީ ''ލެޓް އައްޑޫ ބްރީތް'' ހޭޝް ޓެގް ގަ އެވެ. އެއީ ދިވެހި ބަހުންނަމަ ''އައްޑޫ ނޭވާ ލިޔަ ދީ' އެވެ.
މޫލެޑެގެ ފިޝިމަތި ސަރަހައްދު، ސަރުކާރުން ހިއްކަނީ އައްޑޫ ލިންކް ރޯޑަކީ އެ ދިމާލުން ސީދަލަށް އޮންނަ މަގަކަށް ހެދުމަށެވެ. އެ ސަރަހައްދުން 2.5 ހެކްޓަރުގެ ބިން ހިއްކަން ނިންމާފައިވާއިރު، ހިއްކާފައިވާ ސަރަހައްދުތަކުގެ ފޮޓޯ ހިއްސާކޮށް ޕްރޮޖެކްޓް ތިމާވެށިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
1000 people surveyed for Fishimathi
More than 62% said no to reclamation of the area
People said no but the government made the decision to reduce Addu’s biological diversity again #LetAdduBreath 🍃 pic.twitter.com/PIH5GDr2q8 — Luke (@lucasjalyl) November 6, 2025
އަދި އެ މަަސައްކަތް ހުއްޓުވައިދޭން ސަރުކާރުގައި އެދެން އާއްމުންގެ އެހީއަށް އެ ޖަމިއްޔާއިން ވަނީ އެދިފަ އެވެ. އެ ޖަމިއްޔާއިން ބުނީ އެތަން ހިއްކުމުގެ ސަބަބުން އެ ސަރަހައްދުގައި ހުރި ރަނޑޫ ގަސްތައް ގެއްލިގެން ހިނގައިދާނެ ކަމަށެވެ.
This is the English translation of a letter from the youth of Addu to president Dr. Mohamed Muizzu regarding the proposed project at the Moolekede Fishimathi, that we gave him when he arrived in Maradhoo today afternoon. pic.twitter.com/H01yZiJwSW — Project ThimaaVeshi (@ThimaaVeshiHQ) November 5, 2025
އެ މަޝްރޫއު ކުރިއަށް ނުގެންދިޔުމަށް އެދި އެ ޖަމްއިއްޔާއިން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުސްވި ހަފްތާގައި އައްޑޫ އަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނަށް ސިޓީއެއް އަރުވާފަ އެވެ. އެ ސިޓީގައިވަނީ އެ ސަރަހައްދު ހިއްކުމުގެ ބަދަލުގައި ތަރައްގީ ކުރެވިދާނެ ގޮތުގެ ޕްލޭނެއް އެންވަޔަރްމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ރިޕޯޓްގައިވާ ކަމަށެވެ.
0%
0%
0%
0%
0%
6 ގަޑިއިރު ކުރި
0
7 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2