ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ: ހުސެއިން ފަހުމީ
ބިލް ތަކުގެ ރީޑިންގް ނެގި ތާރީޚުތައް ބިލުން ފެންނަން ހުންނާނެ ކަމަށް "ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ"(ސްޓެލްކޯ) ގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
ހުސްވި މަހު ގާތްގާތުގައި ދެ ކަރަންޓު ބިލެއް ފޮނުވި މައްސަލައިގައި ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އެކަމާއި ގުޅޭގޮތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ރޭ "އެކްސް"ގައި މެނޭޖިން ޑިރެކްޓަރ ފަހުމީ ވަނީ ޕޯސްޓެއް ކުރައްވާފައެވެ.
"އެކްސް" ގައި ވާގޮތުން ގާތްގާތުގައި ދެ ބިލެއް ފޮނުވާ ވާހަކައަކީ މީޑިއާތައް މެދުވެރިކޮށް މީގެ ކުރިން ސްޓެލްކޯގެ ކުންފުނިން ހާމަކަން ބޮޑު ގޮތެއްގައި ދައްކާފައި ވާނެ ވާހައެއް ކަމަށެވެ. އަދި އެގޮތަށް ދެ ބިލު ފޮނުވީ ރައްޔިތުންގެ ފައިދާއަށް ކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.
މި ބިލް ފޮނުވުމުގެ މަގްސަދުތަކުގެ ތެރޭގައި ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފަށައިގެން ރޯދަމަސް ނިމެންދެން އެއް ބިލެއްގެ ގޮތުގައި މުޅި ރޯދަމަހުގެ ޔޫސޭޖަށް ބިލެއް ތައްޔާރުކޮށް، ސަރުކާރުން ދޭން ނިންމާފައިވާ ޑިސްކައުންޓް އެ ބިލުގައި ހިމެނުންވެސް ހިމެނޭ
ހުސްވި މަހު ސްޓެލްކޯއިން ފުރަތަމަ ފޮނުވި ބިލަކީ ޖެނުއަރީ މަހުގެ 9 ވަނަ ދުވަހުން ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހަށް ތައްޔާރުކުރި ބިލެވެ.އަދި ދެވަނަ ބިލަކީ ފެބްރުއަރީ 10ކުން 27 ގެ ނިޔަލަށް ބޭނުންކޮށްފައިވާ ކަރައްޓަށް އެރި ބިލުގެ އަދަދެވެ.
ފަހުމީ ވިދާޅުވީ ދެވަނަ ބިލް ދެއްކުމަށް މީހުނަށް ކުރިމަތި ވެދާނެ މާލީ ދަތި ތަށް ފިލުވުމަށްޓަކައި ޖޫރިމަނާ ނާރާ ގޮތައް 30 ދުވަހުގެ މުއްދަތެއްވެސް ދެިފައި ވާނެ ކަމަށެވެ.
އެއީ އެއް ޔޫސޭޖަކަށް ކުރާ ބިލެއްވެސް ނޫން... ބިލްތަކުގެ ރީޑިންގް ނެގި ތާރީޚުތައް ބިލުން ފެންނަން ހުންނާނެ.. މި ފޮނުވާފައިވާ ބިލަކީ މީފެ ކުރިން ސްޓެލްކޯގެ ބިލިން ސައިކަލުގައި ހިމެނޭ ރީޑިންގް ނެގުމަށްފަހު ބިލް ޑެލިވާކުރުމުގައި އުޅޭ 20 ނުވަތަ 25 ދުވަހުގެ ޑިލޭގެ ބެކްލޮގް ފިލުވާލުމަށް ފޮނުވާ ބިލެއް
މީގެ އިތުރުން ބެކްލޮގް ފިލުވާލެވުމާއި އެކު މި އަންނަ އޭޕްރީލް މަހުން ފެށިގެން ރީޑިން ނަގާނީ އެ މަހެއްގެ ފަހު ހަފްތާގައި ކަމަށާއި، ޖެހިގެން އަންނަ ދުވަހު ބިލް ލިބުމާއި އެކު މީހުންނަށް ބިލްގައިވާ ރީޑިން އަދި މީޓަރާ އަޅާ ކިޔުމުގެ ފުރުސަތުވެސް ލިބިލައްވާނެ ކަމަށް ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވީ ސްޓެލްކޯ އަކީ 75 އަހަރުގެ ގައުމީ ޙިދުމަތުގެ ރެކޯޑް އޮތް ކުންފުއްޔެއް ކަމަށާއި އެ ކުންފުނިން އާއްމު ރައްޔިތުންނަށް އޮޅުވާލުމުގެ ނިޔަތުގައި އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0