ބިޑަށް އާންމުކޮށް ހުޅުވާނުލައި އަމިއްލަ ކުންފުނިތަކަށް މަޝްރޫއުތައް ހަވާލުކުރުމަކީ ބޮޑު ކޮރަޕްޝަނެއް ކަމަށް ބުނެ އިދިކޮޅު މައި ޕާޓީ އެމްޑީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.
އިއްޔެ ބިޑަކާ ނުލައި 206 މަޝްރޫޢެއް އަމިއްލަ ކުންފުނިތަކާ ސަރުކާރުން ވަނީ ހަވާލުކޮށްފަ އެވެ. މިއީ ރާއްޖޭގެ ތާރީހުގައިވެސް އެއް ދުވަހުން މިހާ ގިނަ މަޝްރޫއު ހަވާލުކުރި ފުރަތަމަ ފަހަރެވެ. މީގެ ތެރެއިން ބައެއް މަޝްރޫއުތައް ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުންގެ މެންބަރުންގެ ހިއްސާ އޮންނަ ކުންފުނިތަކަށް ވެސް ހަވާލުކޮށްފައިވެ އެވެ.
އެކަމާއި ގުޅިގެން އެމްޑީޕީން އިއްޔެ އެމްޑީޕީގެ އިގްތިސާދީ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު އަދި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ސަރުކާރުން ބޭނުން ބަޔަކަށް މަޝްރޫއުތައް ހަވާލުކުރުމުގެ ނިޔަތުގައި މާލިއްޔަތު ގަވައިދު ބަދަލު ކުރެވިގެން ނުވާނެ ކަމަށެވެ.
ބައެއް މަޝްރޫއުތައް ބިޑަށް ހުޅުވާނުލައި ޕްރޮޕޯސަލް ހުށަހެޅޭ ގޮތަށް ސަރުކާރުން މާލިއްޔަތު ގަވައިދު އިސްލާހުކުރީ މިދިޔަ މަހު އެވެ.
އަމީރު ސިފަކުރި ގޮތުގައި އެގޮތަށް މާލިއްޔަތު ގަވައިދު އިސްލާހުކުރީ ސީދާ ކޮރަޕްޝަނަށް މަގުފަހިކުރުމުގެ ގޮތުންނެވެ. ސަރުކާރުގެ އިސްވެރިން ބޭނުންވާހާ ބަޔަކަށް މަޝްރޫއުތައްދެމުންދާ ކަމަށާއި އެގޮތަށް އެކަން ކުރުމަކީ ޓެންޑާ އަދި ޕްރޮކިއުމަންޓް ހަމަތަކުގެ ބޭރުން ކުރަމުންދާ ކަމެއްކަމަށްވެސް އަމީރު ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ އެކަންކަން އެމްޑީޕީގެ ސަރުކާރެއްގައި ތަހުގީގުކުރާނެ ކަމަށް އަމީރު ވިދާޅުވި އެވެ. އަދި ސަރުކާރުން ހިންގާ ކޮރަޕްޝަންގެ އަމަލުތައް މިހާރުން މިހާރަށް ހުއްޓާލަން އަމީރު ގޮވާލި އެވެ.
ބިޑަކާ ނުލައި މަޝްރޫއުތައް ދިނުމުން އެމްޑީޕީން ފާޑުކިޔާފައިވާއިރު، އިއްޔެ މަޝްރޫއުތަކުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މަޝްރޫއުތައް ހަވާލުކުރި ކޮންމެ މުންފުންޏަކުންވެސް، މާލިއްޔަތު ގަވާއިދުގައި ބުނާ ހުރިހާ އިޖުރާތްތައް ފުރިހަމަކުރި ކަމަށެވެ.
''އަދި ތިން އަހަރު ދުވަހުގެ އޮޑިޓެޑް ފައިނޭންޝަލް ސްޓޭޓްމަންޓްތައް ހުށަހަޅައިގެން ނޫނީ އެއިން އެންމެ ކުންފުންޏަކަށް ވެސް، މި މޭޒާހަމައަށް އާދެވިފައެއް ނުވާނެ," ރައީސް ވިދާޅުވީ އެކަމަށްޓަކައި ބޭންކުން ބޭނުންވާ ހުރިހާ އިޖުރާތްތަކެއް ފުރިހަމަނުކުރާ ކުންފުންޏަކާއެކު ސޮއިކޮށްފައިނުވާނެ ކަމަށެވެ.
0%
0%
0%
0%
0%
6 ގަޑިއިރު ކުރި
0
7 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2