ތިން ދިވެއްސަކު ބޭރު ގައުމުތަކުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ޗީފް އިންސެޕްޓަރ އޮފް ޕޮލިސް އަޙްމަދު ނާއިފް ވިދާޅުވީ ފަހަކަށް އައިސް ސަރަހައްދީ ގައުމުތަކުގައި ދިވެހިން ގާއިމުވެ ތިބެގެން ރާއްޖެއަށް މަސްތުވާތަކެތި ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި އެގޮތުން އެއާ ކާގޯ އާއި ސީކާގޯ މެދުވެރިކޮށް އަދި އިލެކްޓްރިކް ސާމާނުތަކުގައި މަސްތުވާތަކެތި ފޮރުވައިގެން ފޮނުވަމުންދާ ކަމަށެވެ.
އަދި ދުނިޔޭގެ ކޮންމެ ސަރަހައްދެއްގައި ދިވެހިން ގާއިމުވެތިބެގެން ޖިނާއީ ކުށްކުރާ ފަރާތްތައް އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެންވިޔަސް އެ މީހުން ރާއްޖެ ގެނެސްގެން އެ މީހުންގެ މައްޗަށް ތަހުގީގު ހިންގާނެ ކަމަށެވެ. އަދި ބައެއް ފަރާތްތަކުން ފިލައިގެން ރާއްޖެ ދޫކޮށް ދިއުން ފަދަ ކަންކަމުގައި އަވައްޓެރި ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމުއިއްތާކުގެ އެހީ ހޯދައިގެން އެ މީހުން އަތުލައިގަތުމުގެ މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ހިއްސާކުރެއްވި ތަފާސްހިސާބަށް ބަލާއިރު މި އަހަރުގެ މިހާތަނަށް މުޅި ރާއްޖޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގުނު އޮޕަރޭޝަންތަކުގެ ތެރެއިން، ގާތްގަނޑަކަށް 875 މިލިއަން ދިވެހި ރުފިޔާގެ މަސްތުވާތަކެއްޗާއި ބަނގުރާ އަތުލައިގަނެވިފައިވާކަން ހާމަކުރި އެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ޖުމުލަ 6,860 އޮޕަރޭޝަން މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާފައިވެ އެވެ.
މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން 193 މީހުން ހައްޔަރުކުރެވި، މަސްތުވާތަކެތި ބޭނުންކުރާ 1،130 ތަން ބަންދުކުރެވި އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޅާދާއިރާއެއްގައި ބަލައިފާސްކުރުމުގެ ހަރާކަތްތައް ހިންގާފައިވެ އެވެ. އަދި މި މުއްދަތުގެ ތެރޭގައި، 16,024 މީހުން ބަލައިފާސްކޮށްފައިވާއިރު، 166 ތަން ބަލައިފާސްކޮށް، އުޅަނދުފަހަރާއި ބޯޓުފަހަރު ބަލައިފާސްކޮށްފައިވެ އެވެ. މީގެ އިތުރުން، އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް ރާވާފައިވާ އޮޕަރޭޝަންތަކުގެ ތެރެއިން، 39 ރަށެއްގައި 500 އަށް ވުރެ ގިނަ ފުލުހުން ހަރަކާތްތެރިވެފައިވެ އެވެ.
މި އަހަރުގެ މިހާތަނަށް ޖުމުލަ 498.99 ކިލޯގްރާމުގެ މަސްތުވާތަކެތި ހިފަހައްޓާފައިވާއިރު، މި ތަކެތީގެ މަގުމަތީ އަގު 871.24 މިލިއަން ދިވެހި ރުފިޔާއަށް އަރަ އެވެ. މީގެ އިތުރުން، ބަނގުރަލާ ގުޅުންހުރި 182 މައްސަލަ ރިކޯޑުކުރެވިފައިވާއިރު، ހިފެހެއްޓުނު ގަވާއިދާ ހިލާފު ހުރިހާ މާއްދާއެއްގެ ޖުމުލަ މަގުމަތީ އަގު 875.23 މިލިއަން ދިވެހި ރުފިޔާއަށް އަރަ އެވެ.
0%
0%
0%
0%
0%
8 ގަޑިއިރު ކުރި
0
14 ގަޑިއިރު ކުރި
0
15 ގަޑިއިރު ކުރި
0
16 ގަޑިއިރު ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2