ދިވެހި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން، ބަންގްލަދޭޝްގެ ޔުނިވަސިޓީތަކުގެ ބްރާންޗްތައް މާލޭގައި ގާއިމުކޮށްދޭން، ރާއްޖެއިން އެދިއްޖެ އެވެ.
ރާއްޖެއިން އެކަމަށް އެދިފައިވަނީ ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ސަފީރު ޑރ. އެމްޑީ ނަޒްމުލްއާ ރާއްޖޭގެ ހަޔާއެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރުއާ ދެބޭފުޅުން ދެމެދު އިއްޔެ ބޭއްވި ބައްދަލުވުމުގަ އެވެ.
ބަންގަލްދޭޝް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން އެ ބައްދަލުވުމުގައި ހަޔާ އެޑިއުކޭޝަން އާއި، ޓްރެއިންނަތަކާއި، ހުނަރު ތަރައްގީކުރުމާއި، އިންސާނީ ވަސީލަތްތައް ތަރައްގީކުރުމުގެ ދާއިރާއިން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކޮށްފައިވެ އެވެ.
ބަންގްލަދޭޝްގައި ތައުލީމީ ފެއާތައް ބޭއްވުމާއި، ދިވެހި މެޑިކަލް ދަރިވަރުންނަށް އިންޓާންޝިޕް ޕްރޮގްރާމްތައް ފުޅާކުރުމާއި، ބަންގްލަދޭޝްގެ ތަޖުރިބާކާރުންގެ އެހީގައި ފަންނީ އަދި ވޮކޭޝަނަލް ޓްރެއިނިންގ (ޓިވެޓް) ކުރިއެރުވުމަށް ކުރެވިދާނެ ބައެއް ދާއިރާތަކާ ބެހޭގޮތުންވެސް މަޝްވަރާ ކުރުވުނެވެ.
އެ ބައްދަލުވުމުގައި ބަންގްލަދޭޝްގެ ސަފީރު ވަނީ، ރާއްޖެ އާއި ބަންގްލަދޭޝްއާ ދެގައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ބަންގްލަދޭޝް ސަރުކާރުން ތައްޔާރަށް އޮތް ކަމުގައި ވިދާޅުވެފަ އެވެ.
ރާއްޖޭގައި ބަންގްލަދޭޝް ޔުނިވާސިޓީގެ ބްރާންޗުތައް ގާއިމުކޮށްދޭން މިނިސްޓަރު ހައިދަރު އެދިވަޑައިގެންފައިވާއިރު، ދިވެހި ގިނަ އަދަދެއްގެ ދަރިވަރުން ދަނީ ބަންގްލަދޭޝްގައި މެޑިކަލް ދާއިރާއިން ތައުލީމު ހާސިލުކުރަމުންނެވެ.
0%
0%
0%
0%
0%
6 ގަޑިއިރު ކުރި
0
7 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2