ހަތަރު މީހުން ދަތުރުކުރަމުން ދަނިކޮށް މިއަދު ހެނދުނު ބަންޑުން ޖަހާލި ބޯޓުން ގެއްލިގެން ހޯދަމުން އައި އެކަކު މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފުން ބުނީ، އެ ހާދިސާ ރިޕޯޓުކުރީ މިއަދު ހެނދުނު 7:27 އެހާކަންހާއިރު ކަމަށާއި ދެ މީހަކު ގެއްލިގެން ހޯދަނީ، "ބަލްމާ ހައެއް" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓަކުން ކަމަށެވެ. ބޯޓު ބަންޑުން ޖަހާލީ ތާޖް އެގްޒޯޓިކާ ރިޒޯޓު ކައިިރިއަށެވެ.
އެ ބޯޓުން ދެ މީހަކު ގެއްލިގެން ހޯދަމުންދާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ. އެއީ، ދިވެއްސަކާއި ބިދޭސީއެކެވެ.
އެމްއެންޑީއެފުން ބުނީ ބޯޓުން ގެއްލުނު ދެ މީހުންގެ ތެރެއިން އެކެއްގެ ހަށިގަނޑު، ތާޖް އެގްޒޯޓިކާ ރިސޯޓުގެ ފަޅުތެރެއިން ފެނުމުން، ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ދެވަނަ މީހާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށް ބުންޏެވެ. މަރުވެފައި އޮއްވައި ފެނުނީ ދިވެހި މީހާ އެވެ.
ބަންޑުންޖަހާލި ބޯޓާއި ބޯޓުގައި ހުރި ބައެއް ތަކެތި އޮޔާ ދާތީ، ދަތުރުވެރިން ސަމާލުކަން ދިނުމަށް އެމްއެންޑީއެފުން އިލްތިމާސްކުރެ އެވެ. އެ ތަކެތި އޮޔާދާ ކަމަށް ލަފާކުރެވެނީ ހުޅަނގަށް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ސިފައިން ބުންޏެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

8 އެޕްރީލު 2025

24 މާރިޗު 2025
2