ބައިނަލްއަގުވާމީ އެންޑޮމީޓްރިއޯސިސްއާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ މަސް ރާއްޖޭގައި ފާހަގަކޮށްފި

Bainalaguvaamee Endometriosis aa gulhey gothun heyluntherikan ithurukurumuge mas raajjeygai faahagakohffi

އެންޑޮމީޓްރިއޯސިސް އާ ގުޅޭ މައުލޫމާތު ސެޝަންގެ ތެރެއިން----

ހަބަރު

މުޅި ދުނިޔޭގައި ފާހަގަކުރާ ބައިނަލްއަގުވާމީ އެންޑޮމީޓްރިއޯސިސްއާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ މަސް ރާއްޖޭގައި ފާހަގަ ކޮށްފިއެވެ.

އެންޑޯ އެޑްވަކޭޓްސްއިން އިސް ނަގައިގެން ޝީ ބިލްޑިންގައި ރޭ ބޭއްވި ހަފްލާއެއްގައި އެންޑޯ ވޯރިއާސްއާއި އެހީތެރިންނާއި ވަކާލާތުކުރާ ފަރާތްތައް އެއްތަނަކަށް ޖަމާވެ، ދިގު މުއްދަތުގެ އެ ބައްޔަށް އަލިއަޅުވާލިއެވެ. އެ ހަރަކާތުގެ ޗީފް ގެސްޓަކީ އަންހެނުންގެ ސިއްހަތާއި ދުޅަހެޔޮކަމަށް ވަކާލާތުކުރައްވާ ކުރީގެ ފަސްޓް ލޭޑީ ފަޒްނާ އަހުމަދެވެ.

އެ އިވެންޓް ހޯސްޓްކުރީ އެންޑޮމެޓްރިއޯސިސް ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކެއްކަމުގައިވާ ފާތިމަތު ޝާހުނާޒް އަދި ނިއަމް ނަޝީދެވެ.

އެ ދެ ބޭފުޅުން މި ބައްޔާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށާއި ބަލިޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމަށް ހަރަކާތްތެރިވަމުން އައިސްފައެވެ.

ޝާހުނާޒު "ކުރިއަށް މީޑިއާ" އަށް ވިދާޅުވި ގޮތުގައި އެންޑޮމީޓްރިއޯސިސް އަކީ، ކޮންމެ ހަތް އަންހެނެއްގެ ތެރެއިން އެކަކަށް ޖެހޭ ބައްޔެއް ކަމަށާއި ރާއްޖޭގައި އެންޑޮމެޓްރިއޯސިސް އެކްސިޝަން ސްޕެޝަލިސްޓެއް ނެތުމުން، ބަލިމީހުންނަށް އެކަށީގެންވާ ފަރުވާ ލިބުމަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

އެންޑޮމީޓްރިއޯސިސް އަކީ ހަކުރު ބަލި ފަދަ އާއްމު ބައްޔެ ނަމަވެސް ވަރަށް ބޮޑަށް ސްޓިގްމައިޒްޑް ބައްޔެއް ކަމުން އެންޑޮމީޓްރިއޯސިސް ހުންނަ އެތައް އަންހެނުންނެއް އެ ބަލީގެ ސައްހަ މައުލޫމާތު ނޭންގި އަދި ބަލި ޑައެގްނޯސް ނުވެ ސައިލެންޓްލީ ބަލި ތަހައްމަލު ކުރަމުންދާތީ އެންޑޮމީޓްރިއޯސިސްގެ ހޭލުންތެރިކަމަކީ އިންތިހާއަށް ބޭނުން ވެފައިވާ ކަމެކެވެ.

އެ ހަރަކާތުގައި އެންޑޮމެޓްރިއޯސިސްގެ އަލާމާތްތަކާއި ދިރިއުޅުމަށް ކުރާ އަސަރު އަދި ހާއްސަ ފަރުވާގެ ބޭނުންތެރިކަން ހިމެނޭ ތަފްސީލީ ޕްރެޒެންޓޭޝަނެއް ދީފައިވެއެވެ.. ހަފްލާ އިތުރަށް ފުރިހަމަކުރުމަށްޓަކައި ފސް ކުއިޒެއް ބޭއްވިއިރު ކުއިޒުން މޮޅުވި ފަރާތަށް ހާއްސަ ހަދިޔާއެއް ދީފައިވެއެވެ. 

މި ހަރަކާތުގެ އެންމެ ފާހަގަކޮށްލެވޭ އެއް ވަގުތަކީ އެންޑޮމެޓްރިއޯސިސްގެ ވޭން ތަހައްމަލުކުރި ދެ ބައިވެރިޔަކު އެ މީހުންގެ ވޭނީ ދަތުރު ހިއްސާކުރި ވަގުތެވެ. މީގެ ތެރޭގައި ރާއްޖޭގައި އެކަށީގެންވާ ސިއްހީ ފަރުވާގެ ފުރުސަތުތައް ނެތުމުގެ ސަބަބުން ކުރިމަތިވާ ޖިސްމާނީ، ނަފްސާނީ އަދި މާލީ ދަތިތައް ފާހަގަކޮށްފައިވެއެވެ.

މި ހަރަކާތަކީ ހޭލުންތެރިކަން އިތުރުކުރުމަށާއި މުޖުތަމަޢުގެ އެހީތެރިކަން އިތުރުކުރުމަށާއި ރާއްޖޭގެ ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ރަނގަޅު ސިއްހީ ފަރުވާ ލިބޭނެ މަގު ތަނަވަސްކުރުމަށް ވަކާލާތުކުރުމުގެ މަންސައެކެވެ. އަދި މިއީ އެއްވެސް މީހަކު މި ވޭނުގައި އެކަނި ތަހައްމަލުކުރަން ނުޖެހޭނެކަމާއި، ދެމެހެއްޓެނިވި މަސައްކަތާއެކު ބަދަލު ގެނެވިދާނެކަމުގެ ހަނދާންކޮށްދިނުމެކެވެ.

މި ބަލީ ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް އެހޭތިރެވެދިނުމުގެ ގޮތުން އެންޑޮމީޓްރިއޯސިސް ސަޕޯޓް ގްރޫޕެއް އޮވެއެވެ.އެންޑޮމީޓްރިއޯސިސް ޑައެގްނޯސްވެފައި ވާ ހުރިހާ އަންހެނުން އެ ގްރޫޕަށް ވަނުމަކީ އެންޑޯ އެޑްވަކޭޓްސްގެ އެދުމެކެވެ، 
 

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Haha
Haha

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Neyvaa nulevigen aadheyskurumunves oxygen gulhainudhin, furaana ah nurakkave ventilatorah!

ނޭވާ ނުލެވިގެން އާދޭސްކުރުމުންވެސް އޮކްސިޖެން ގުޅައިނުދިން، ފުރާނައަށް ނުރައްކާވެ ވެއްޓިލޭޓަރަށް!

0

BREAKING: Rasdhoo gai kotari eh roave 2 meehaku fihijje

ރަސްދޫގައި ކޮޓަރިއެެއް ރޯވެ ދެ މީހަކު ފިހެއްޖެ

2

SR ge Bey; Amillavantha Music ge Baanee Akah

އެސްއާރުގެ ބޭ؛ އަމިއްލަވަންތަ މިއުޒިކްގެ ބާނީއަކަށް

0

Fannuveri visnunthakaaeku ‘Kuriah’  launchkohfi

ފަންނުވެރި ވިސްނުންތަކާއެކު 'ކުރިއަށް' ލޯންޗުކޮށްފި

1