ރައީސް މުއިއްޒު، ފަސްޓް ލޭޑީ ސާޖިދާ، އަދި ސަރުކާރުގެ އިސް ބޭފުޅުން ހަނިމާދޫ އެއާޕޯޓް ތަރައްގީކޮށް ނިމިގެން ހުޅުވުމުގެ ރަސްމިއްޔާތުގައި - ފޮޓޯ: ރައީސް އޮފީސް
ބައިނަލްއަގުވާމީ އެއާލައިންތަކުން ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ފްލައިޓްތައް ގިނަކޮށް ދަތުރުތައް ފަށަން ރައީސް މުހައްމަދު މުއިއްޒު ދައުވަތު އަރުވައިފި އެވެ.
ހަނިމާދޫ އެއާޕޯޓްގެ ރަންވޭ ބޮޑުކޮށް، އާ ޓާމިނަލް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ހަނިމާދޫ އެއާޕޯޓްގެ ކާމިޔާބީއަކީ މުޅި ބޮޑު ތިލަދުންމަތީގެ ހުރިހާ ރަށެއްގެ ތަރައްގީއާ ގުޅިފައިވާ ކާމިޔާބީއެއް ކަމަށެވެ.
"ރާއްޖޭގެ އެންމެ އުތުރުގެ ތަރައްގީއަށް، ހާއްސަކޮށް ދެމެހެއްޓެނެވި ތަރައްގީގައި އެންމެ މުހިންމު އެއް ކާމިޔާބީ. މި ސަރަހައްދުގެ ޓުއަރިޒަމްއާއި މަސްވެރިކަމާއި ދަނޑުވެރިކަމަށް އިގުތިސޯދީ މަސައްކަތްތަކުގެ ބޮޑު ކާމިޔާބީއެެއް," ރައީސް ވިދާޅުވި އެވެ.
މި ދޮރާއްޓަކީ ހަލުވި މިނެއްގައި ތަރައްގީ ހާސިލްކުރުމަށް މުހިންމު ވަސީލަތެއް
ރައީސް މުއިއްޒު ވިދާޅުވީ މިހާރު ވެސް އިންވެސްޓަރުންނަށް ލުއިތަކެއް ލިބޭ ގޮތަށް އެންމެ އުތުރުގެ ތިން އަތޮޅުގައި އިންވެސްޓްކުރަން ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ހަނިމާދޫ އެއާޕޯޓަކީ އިންވެސްޓަރުންނަށް އިންވެސްޓްކުރުމަށް ލިބިދޭ އިތުރު ހިތްވަރެއް ގޮތުގައި ރައީސް ސިފަކުރެއްވި އެވެ.
އެއާއެކީ ހުރިހާ އެއާލައިނަކުން ވެސް ހަނިމާދޫއަށް ދަތުރުތައް ފެށުމަށް ރައީސް ގޮވާލެއްވި އެވެ. ރައީސްގެ ވާހަކައިގައި އިނގިރޭސި ބަހުން ދެއްވި ބައިގައި ވެސް ވަރަށް ހަރު އަޑުކޮށް އެ ކަމަށް ގޮވާލެއްވި އެވެ.
އެ އެއާޕޯޓު މަޝްރޫއަކީ މިދިޔަ ސަރުކާރުގައި އިންޑިއާއާ އެކު ސޮއިކުރި 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.
އެ އެއާޕޯޓަށް ޖުމުލަ 136.6 މިލިއަން ޑޮލަރު ހަރަދުކޮށްފައިވާއިރު، އެ މަޝްރޫއު ހަވާލުކުރީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާ އެވެ.
އެ މަޝްރޫއުގެ ދަށުން 2،400 މީޓަރުގެ ރަންވޭއަކާއި 10،500 އަކަމީޓަރުގެ ޕެސެންޖާ ޓާމިނަލެއް ތަރައްގީކުރަން އެއްބަސްވެފައިވެ އެވެ.
0%
0%
0%
0%
0%
6 ގަޑިއިރު ކުރި
0
7 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2