އަތޮޅު ވެރިއަކު ހުންނަން ޖެހޭ ކަމަށާއި، އެ މީހަކު އައްޔަން ކުރަން ޖެހޭނީ ރައީސް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެެވެ.
އުމަރު އެހެން ވިދާޅުވީ އަތޮޅު ކައުންސިލްތައް އުވާލުމަށް މަޖިލީހަށް ހުށަހެޅި އިސްލާހު ފާސްވުމާ ގުޅިގެންނެވެ.
އެކްސް ގައި އާއްމުކުރި ބަޔާނެއްގައި އުމަރު ވިދާޅުވީ، އެއް ރަށެއްގައި ގާއިމުކުރެވިފައިވާ ސަރުކާރަކަށް ހުރިހާ އަތޮޅެއްގައި ގައުމީ ފެންވަރުގައި ހިންގާ މަސައްކަތްތައް މޮނިޓާކޮށް ވިލަރެސް ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އަދި 189 ވަކި ވަކި ކައުންސިލުތަކުން މިނިސްޓްރީތަކާ ކޯޑިނޭޓްކޮށްގެން ގައުމީ ލެވެލްގެ ކަންކަން ހަލުވިކަމާއެކު ކުރުމަކީވެސް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
''ރަށު ކައުންސިލުތަކުގެ ރޯލަކީ ރަށު ފެންވަރުގައި ހިންގާ ކަންކަން ވިލަރެސް ކުރުމެވެ. އަތޮޅުގައި ހިންގާ ގައުމީ ފެންވަރުގެ ކަންކަން ވިލަރެސް ކުރާނެ އިދާރާއެއް ވަކިން ހުންނަންވާނެއެވެ'' އުމަރު ވިދާޅުވިި އެވެ.
އެއަށް ފަހު އުމަރު ވިދާޅުވީ ''ކޮންމެ އަތޮޅެއްގައޮ އަތޮޅު ވެރިއަކު ނުވަތަ ގަވަރުނަރަކު ހުންނަންވާނެ'' ކަމަށެވެ. އަދި އެ ބޭފުޅުން ވާން ވާނީ އިންތިހާބީ މަގާމުގެ ތެރެއިން ރައީސް އައްޔަންކުރައްވާ ބޭފުޅުންނަށް ކަމަށް ވިދާޅުވި އެވެ.
އަތޮޅުވެރިޔާ ނުވަތަ ގަވަރުނަަރަކީ ސީދާ ރައީސްގެ އެޖެންޓަކަށްވާން ޖެހޭނެ ކަމަށާއި، ރައީސް އާއި އަތޮޅުގެ ރައްޔިތުންނާ، ދައުލަތުގެ މުއައްސަސާތަކާ ގުޅުވާދޭ ފާލަމްކަމަށް ވިދާޅުވި އެވެ.
'' މިއީ ދައުލަތުގެ ކަންކަން ބެލެހެއްޓެވުމަށް އެ އަތޮޅުގައި ހުންނަވާ އެންމެ އިސްވެރިޔާ އެވެ. މި ބޭފުޅުންގެ ކިބައިގެ ވަޒީރެއްގައި ހުރުން ލާޒިމް ސިފަތައް ހުރުމާ، އަތޮޅުގެ ތަޖުރިބާގެ އިތުރުން ގައުމީ ފެންވަރުގެ މަގާމްތައް އަދާކުރައްވާ ތަޖުރިބާ ހުރި ބޭފުޅަކަށް ވާން ޖެހޭނެ ކަމަށް އުމަރުގެ ބަޔާން ނިންމާލަމުން ވިދާޅުވި އެވެ.
0%
0%
0%
0%
0%
7 ގަޑިއިރު ކުރި
0
13 ގަޑިއިރު ކުރި
0
17 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2