އަތޮޅު ކައުންސިލަކީ، ކޮންމެހެން ރާއްޖޭގެ ހާލަތުގައި އޮންނަށް ޖެހޭ ލޭޔާ އެއް ނޫންކަން ހާމަވެފައިވާ ކަމަށް މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އަތޮޅު ކައުންސިލްތައް އުވާލަން ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވި އިސްލާހު ފާސްވީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ ވޯޓު ހިމެނޭހެން 75 މެންބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް ވޯޓުދެއްވީ އިދިކޮޅު އެމްޑީޕީގެ 12 މެންބަރުންނެވެ.
އެ ބިލު ފާސްކުރުމާ ގުޅިގެން ''އެކްސް'' ގައި ގާސިމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގާނޫނު އަސާސީގެ ލާމަރުކަޒީ ބާބުގެ 230 އަދި 231 ވަނަ މާއްދާގައި ހިމެނޭ އަތޮޅު ކައުންސިލްތަކާއި ގުޅޭ ބައި އުނިކޮށް އެމާއްދާތައް އިސްލާހު ކުރުމަށް ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕުން ގާނޫން އަސާސީއަށް ގެންނެވި އިސްލާހަކީ ވަރަށް މުހިންމު އަދި އެހާމެ މުނާސަބު އިސްލާހެއް ކަމަށެވެ.
''އަތޮޅު ކައުންސިލަކީ، ކޮންމެހެން ރާއްޖޭގެ ހާލަތުގައި އޮންނަށް ޖެހޭ ލޭޔާ އެއް ނޫންކަން ހާމަވެފައިވާ ކަމަށް'' ގާސިމް ވިދާޅުވި އެވެ.
ރަށު ކައުންސިލްތަކުން ނިންމާ ނިންމުންތައް، އަތޮޅު ކައުންސިލް މެދުވެރިކޮށް ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކާއި، މުއައްސަސާތަކަށް ދަތުރުކުރުމުގެ ބަދަލުގައި ސީދާ ރަށުކައުންސިލުން ގުޅުންހުރި އިދާރާތަކަށް ހުށަހެޅިގެން ދިއުމުން، ރަށުކައުންސިލްތަކުން ދޭންބޭނުންވާ ހިދުމަތް އަވަސްވެގެން ދިއުމާއި، ދައުލަތުގެ ހަރަދުކުޑަވެގެންދިއުމާއި، އެފިޝެންސީ އިތުރުވެގެންދާނޭކަމީ ޝައްކެތްއޮތްކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
''ހާއްސަކޮށް 2023 ގައި މިއަދުގެ ސަރުކާރުން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އުފައްދާފައިވާތީއާއި، އެ ވުޒާރާއިން ނުހަނު ޒިންމާދާރުކަމާއެކު، ލޯކަލް ޤަވަރމަންޓް އޮތޯރިޓީއަށާއި، ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން ދާއިރު، ރަށުކައުންސިލްތަކުގެ، ނުވަތަ ސިޓީކައުންސިލްތަކުގެ ނިންމުންތަކުގައި އަތޮޅުކައުންސިލުގެ ދައުރެއް ޖުމުލަގޮތެއްގައި އޮތްކަމަކަށް ދެންނެވޭކަށްނެތެވެ'' ވިޔަފާރިވެރިޔާ ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ގައުމުގެ ހިންގުން ހަރުދަނާކޮށް، އެފިޝެންސީ އިތުރުކޮށް، ހަރަދުކުޑަކޮށް ގައުމު ކުރިއަށްގެންދިއުމަށް އަޅައި އެފަދަ ކޮންމެ ފިޔަވަޅަކަށް ޖުމްހޫރީ ޕާޓީގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު ލިބޭނޭކަމުގެ ޔަގީންކަން ދޭނެ ކަމަށެވެ.
0%
0%
0%
0%
0%
7 ގަޑިއިރު ކުރި
0
13 ގަޑިއިރު ކުރި
0
17 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2