މާލޭގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް އަށް ސިޓީ ކައުންސިލުގެ މަސްއޫލިއްޔަތު އަދާނުކުރެވޭ ކަމަށް ވިދާޅުވެ މާލެ ސިޓީ ކައުންސިލުގެ މޭޔަރު އާދަމް އާޒިމް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންިސލު އިންތިހާބުގައި މޭޔަރުގެ މަގާމާއި ޑެޕިއުޓީ މޭޔަރު ގޮނޑި ދިފާއުކުރަން އާޒިމްއާ އަރީޝް، ދެ ބޭފުޅުންވެސް ވާދަކުރައްވަ އެވެ.
އެމްޑީޕީން ކުރަމުންދާ ކެމްޕޭނުގައި ރާއްޖެ ޓީވީއާ ވާހަކަ ދައްކަމުން މޭޔަރު އާޒިމް ވިދާޅުވީ، ޑެޕިއުޓީ މޭޔަރު އަރީޝް އަށް ސިޓީ ކައުންސިލުގެ މަސްއޫލިއްޔަތު އަދާނުކުރެވޭ ކަމަށެވެ. އަދި އަރީޝް ގަޑިއަށް އޮފީހަށްވެސް ވަޑައިނުގަންނަވާ ކަމަށް އާޒިމް ވިދާޅުވި އެވެ.
''އެންމެ ފަހު ޖަލްސާގައި ނިދާ ހެދުމުގައި ޑެޕިއުޓީ މޭޔަރު އަރީޝް ހުންނެވީ، ޖެހިޖެހިގެން 5 ދުވަސް އޮފީހަށް ނާދޭ'' އާޒިމް ވިދާޅުވިި އެވެ. ގަޑިއަށް އޮފީހަށް ވަޑައިނުގަނެވޭ ބޭފުޅަކަށް ކުރެވޭނީ ކޮންކަމެއްތޯ ކަމަށް ވިދާޅުވެ އާޒިމް ސުވާލު އުފެއްދެވި އެވެ.
އާޒިމް އަރީޝް ފާޑުކިޔާފައިވާއިރު މާލެ ސިޓީ ހިނގަނީ މިހާރު މާލޭ ސިޓީ ކައުންސިލުގައި ތިއްބެވި ޕީއެންސީއަށް ނިސްބަތްވާ ކައުންސިލަރުން ކުރާ މަސައްކަތުން ކަމަށް އަރީޝް ވަނީ ވިދާޅުވެފަ އެވެ.
އަރީޝް ވިދާޅުވީ މާލޭ ސިޓީގެ މައްސަލަތައް ހައްލުކޮށް މާލެ ތަރައްގީ ކުރަނީ ޕީއެންސީ ކައުންސިލަރުންގެ 99 އިންސައްތައިގެ ހިއްސާއެއް އޮވެގެން ކަމަށެވެ.
0%
0%
0%
0%
0%
17 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
2 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

18 ޖަނަވަރީ 2026
2