އަނެއްކާ ވެސް އޭޝިއާގެ ގިނަ ގައުމުތަކުގައި ކޮވިޑް-19 އަލުން ފެތުރި، ބައެއް ސަރަހައްދުތަކުގެ ހޮސްޕިޓަލްތައް ކޮވިޑް ބަލިމީހުންނާއެކު ފުރެމުންދާ ކަމަށް ރިޕޯޓުތަކުން ބުނެފި އެވެ.
ރިޕޯޓުތަކަށް ބަލާއިރު ތައިލެންޑުގައި މި މަހުގެ 11 އިން 17 އަށް 33،030 އައު ކޮވިޑް ކޭސް ރިޕޯޓު ކޮށްފައިވާ އިރު، މީގެ ތެރެއިން 6،000 އަށްވުރެ ގިނަ މީހުންނަކީ ބެންކޮކުން ރިޕޯޓު ކޮށްފައިވާ އަދަދެކެވެ. ލެބޯޓްރީ ޓެސްޓުތަކުން ފެންނަ ގޮތުގައި އެ ސަރަހައްދުތަކުން ފެނިފައި ވަނީ އޮމިކްރޮން ވޭރިއަންޓުގެ އެކްސްއީސީ ސްޓްރެއިން އެވެ.
ތައިލެންޑުގެ އިތުރުން ސިންގަޕޫރުން ވެސް ކޮވިޑް-19ގެ ފައްސި ކޭސްތަކެއް ވަނީ ފެނިފަ އެވެ. އެގޮތުން މިދިޔަ އޭޕްރިލް މަހުގެ 27 އިން މި މަހުގެ 3 އަށް ސިންގަޕޫރުގައި ކޮވިޑް ކޭސްތަކުގެ އަދަދު ވަނީ 11،100 އިން 14،200 އަށް އަރާފައިވެއެވެ.
އަދި ހޮސްޕިޓަލައިޒޭޝަން ވެސް ދުވާލަކު 102 އިން 133 އަށް އިތުރުވެފައި ވާއިރު، އައިސީޔޫގެ ކޭސްތައް ވެސް އަންނީ އިތުރުވަމުން ކަމުގައި ރިޕޯޓުތަކުން ދައްކާފައި ވެއެވެ. އެގައުމުގައި އެންމެ ގިނައީ އެލްއެފް.7 އަދި އެންބީ.1.8 ވޭރިއަންޓް ތަކެވެ.
ހޮންގްކޮންގް ގައި ކޮވިޑް-19 އަށް ފައްސިވީ އަދަދު އޭޕްރިލް މަހުގެ 6 އިން 12 އަށް %6.21 އިން %13.66 އަށް ވަނީ އިތުރުވެފަ އެވެ.
މީގެއިތުރުން އަވަށްޓެރި އިންޑިއާގައި މެއި 20 ގެ ނިޔަލަށް 257 އެކްޓިވް ކޭސް ރިޕޯޓު ކޮށްފައިވާ އިރު، ގިނަ ކޭސްތަކަކީ މެދުމިނުގެ ކޭސްތަކެވެ. އިންޑިއާ އިން އެންމެ ގިނަ ކޭސް ރިޕޯޓު ކޮށްފައި ވަނީ ކެރަލާ، މަހަރާޝްޓްރާ އަދި ތަމިލް ނާޑޫ އިންނެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0