އަމީޒު ރޭހުގައި ބައިވެރިވެގެން ކާމިޔާބުވެ ޓްރޮފީ އުފުލާލަނީ
ހދ. މަކުނުދޫގައި އޮންނަ މޮޓޯ ރޭސް ހިކިފަސްޕްރޯގެ ޗެމްޕިއަންކަން ތިންވަނަ ފަހަރަށް އަހުމަދު އަމީޒު އަބްދުﷲ ހޯދައިފި އެވެ.
މިއީ މި މުބާރާތް ބޭއްވި ހަތަރުވަނަ ފަހަރެވެ. އެއިން ތިން ފަހަރު އަމީޒު މި ވަނީ ޗެމްޕިއަންކަން ހޯދައިފަ އެވެ. އެއީ 2022, 2023, އަދި މި އަހަރެވެ.
ޗެމްޕިއަން ކަން ނުލިބުނު ހަމައެކަނި ފަހަރު، 2024 ވަނަ އަހަރުގެ މުބާރާތުގައި އޭނާ ދެވަނަ ހޯދި އެވެ. އެއީ ވެސް ޗެމްޕިއަންކަން ހޯދި ފަރާތާ އެންމެ ސިކުންތެއްގެ ތަފާތުންނެވެ.
އެހެންކަމުން އަމީޒަކީ ހިކިފަސްޕްރޯގެ ރަސްގެފާނު ކަމަށް ނުބުނެވެންވީ ސަބަބެއް ނެތެވެ. އެ މުބާރާތަކީ ރަނގަޅަށް ވެސް އޭނާ ރަސްކަންކުރާ މުބާރާތެވެ.
މި ކާމިޔާބީއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އަމީޒު 'ކުރިއަށް މީޑިއާ' އަށް ބުނީ ތިން މަސް ކުރިން އެ ކަމަށް ތައްޔާރުވެގެން ކާމިޔާބުވާނެ ކަމަށް ވަރަށް ބޮޑަށް އުންމީދުކުރި ކަމަށެވެ.
"މި ފަހަރު އަދި ވަރަށް އުނދަގޫ ޓްރެކެއް. ދެން ޕްރެކްޓިސް ކުރަން ވެސް މަދު ދުވަސްކޮޅެއް ލިބުނީ," އަމީޒު ބުންޏެވެ.
ރޭސިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރެމް) އިން މަކުނުދޫގައި ބޭއްވި ރޭސިން އިވެންޓަށް މަކުނުދޫ ކައުންސިލުންނާއި މުޅި ރަށުން ވެސް ވަރަށް ބޮޑު އެއްބާރުލުމާއި ފޯރިއެއް ލިބޭކަން ފާހަގަކުރި އެވެ.
އަދި އެ އިވެންޓަށް "ޓީމު 7" ގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނުކަން ފާހަގަކުރި އެވެ. އަދި ޔާމީން އާދަމްގެ ވަރަށް ބޮޑު އެހީއެއް ލިބުނުކަމަށް ބުންޏެވެ.
މި ރޭހަކީ ވެލި މަގެއްގައި ދުއްވާ ގޮތަށް ޓްރެކް ހަދައިގެން ފަސްމަޑު ތަންތަނާއި ހަނި ތަންތަނުގައި އޮބްސްޓެކަލް ހިމަނައިގެން ކުރިއަށްގެންދާ ރޭސިން އިވެންޓެކެވެ.
ރެމް އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރޭސިން މުބާރާތްތައް ބާއްވާތާ 7 އަހަރު ވެއްޖެ އެވެ.
0%
0%
0%
0%
0%
11 ގަޑިއިރު ކުރި
0
24 ޖަނަވަރީ 2026
0
21 ޖަނަވަރީ 2026
0
30 ނޮވެންބަރު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

18 ޖަނަވަރީ 2026
2