މާލެ މަގުމަތީ އެމްބިއުލާންސްތަކެއް - ފޮޓޯ: ސިއްހީ ވުޒާރާ
އެމްބިއުލާންސަށް ޖާގަނުދީ މަގުމަތީ މަޑުކޮށްގެން އޮތް ޕިކަޕްގެ ޑްރައިވަރު ޖޫރިމަނާކޮށް އޭނާގެ ލައިސެންސް ފުލުހުން ހިފަހައްޓައިފި އެވެ.
ފުލުހުން ބުނި ގޮތުގައި އޭނާ ޖޫރިމަނާ ކުރީ 750 ރުފިޔާއަށެވެ.
އޭނާގެ ލައިސެންސް ހިފެހެއްޓި ވަގުތީ ގޮތުންނެވެ. ފުލުހުން ވަނީ މި ކަން ދަތުރުފަތުރު ވުޒާރާގެ ސަމާލުކަމަށް ގެނެސްފަ އެވެ. ދާއިމީ ފިޔަވަޅެއް ނިންމާނީ ވުޒާރާއިންނެވެ.
ދަތުރުފަތުރުގެ ވުޒާރާއިން ބުނީ އެ މައްސަލަ ބަލަމުންދާ ކަމަށެވެ. އަދި މައްސަލަ ބަލާފައި އަޅަން ޖެހޭ ފިޔަވަޅެއް އޮތްނަމަ އަޅާނެ ކަމަށް ވުޒާރާއިން ބުންޏެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި އެމްބިއުލާންސް ބަރުގޮނު އަޅަމުން ދިޔަ އިރު ވެސް އެ ޕިކަޕް އެމްބިއުލާންސަށް ޖާގައެއް ނުދެ އެވެ.
ޕިކަޕް އެ ތަނުން ދަނީ މުދާ ބަލާ ބުނުމުންނެވެ.
ފުލުހުން ބުނީ މިފަދަ މައްސަލަތަކުގައި ވަގުތުން ޖޫރިމަނާކޮށް ވުޒާރާއަށް މައްސަލަ ފޮނުވާނެ ކަމަށެވެ.
0%
0%
0%
0%
0%
11 ގަޑިއިރު ކުރި
0
14 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

18 ޖަނަވަރީ 2026
2