އަކްރަމް ކަމާލުއްދީން / ފޮޓޯ: އެމްޑީޕީ
ކުރީގެ ސަރުކާރުން ހިންގި ހައުސިން މަޝްރޫއުން ވަކި ބަޔަކަށް ނާޖައިޒު ފައިދާ ހޯދައިދިން ކަމަށް ކުރާ ތުހުމަތުގައި ހައުސިންގް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ޕާސްޕޯޓު އަނެއްކާ ވެސް ހިފަހައްޓައި، އޭނާ ހިމެނޭހެން އިތުރު ތިން މީހުންގެ މައްޗަށް ދައުވާ ކޮށްދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް މިއަދު ފޮނުވައިފި އެވެ.
މިކަމާ ގުޅޭގޮތުން އޭސީސީން ބުނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާގެ ސްކީމްގެ ފުރަތަމަ ބުރުގެ 4،000 ފްލެޓު ލިބޭ މީހުންގެ ތެރޭގައި ވަކި ބަޔަކު ހިމަނައި ވަކި ބަޔަކަށް ނާޖައިޒު މަންފާ ހޯދައިދިންކަން މައްސަލައިގެ ތަހުގީގުގައި ހޯދާފައިވާ ހެއްކާއި ގަރީނާއިން އެނގޭ ކަމަށެވެ.
މި މައްސަލައިގައި އަކްރަމްގެ އިތުރުން ދައުވާ ކޮށްދޭން އެދި ފޮނުވާފައިވަނީ އޭރުގެ ސީނިއާ އެގްޒެކެޓިވްގެ މަގާމުގައި ހުންނެވި މުހައްމަދު އާރިފާއި ސީނިއާ އެގްޒެކެޓިވް ޝިރުއާމް ވަހީދު އަދި އެ މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލަކަށް އޭރު އަދި މިހާރު ވެސް ހުންނެވި އަހުމަދު ވިޝާން ނަސީމްގެ މައްޗަށެވެ.
އެ ބޭފުޅުންގެ މައްޗަށް ދައުވާ ކޮށްދޭން އޭސީސީން އެދުނީ ރަސްމީ ހައިސިއްޔަތާއި އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރުމާއި ނާޖައިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާ އެވެ.
އޭސީސީން ބުނީ އެ ބޭފުޅުންނަށް މިހާރު ދައުވާކޮށްފައިވާ ކުށްތައް ފިޔަވައި އިތުރު ތުހުމަތުތައް ކުރެވޭތީ ފުލުހުންނާ ގުޅިގެން އެ މައްސަލަތައް ތަހުގީގު ކުރަމުން ކަމަށެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ، މި ދައުވާއާ ގުޅިގެން އަކްރަމް ކަމާލުއްދީންގެ ޕާސްޕޯޓު އައު އަމުރެއްގެ ދަށުން ހިފަހައްޓާފައިވާ ކަމަށެވެ.
އަކްރަމްގެ ޕާސްޕޯޓް އެންމެ ފުރަތަމަ ހިފެހެއްޓީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުން ގޯއްޗާއި ފްލެޓް ދޫކުރުމުގެ ކަންކަމާ ގުޅިގެން އޭސީސީން ފަށާފައިވާ ތަހުގީގުގެ ބޭނުމަށް ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުންނެވެ.
އެ އަމުރު ބާތިލްކުރަން އަކްރަމްގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި ނަމަވެސް، އެ ކޯޓުގެ ރެޖިސްޓްރާ ފުރަތަމަ ނިންމީ އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ.
އެ ނިންމުން އަކްރަމްގެ ފަރާތުން ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުން އެ މަޖިލީހުން ނިންމީ އަކްރަމްގެ ޕޯސްޕޯޓާ ގުޅޭ މައްސަލަ ބަލައިނުގަތުމަށް ރަޖިސްޓްރާ ނިންމެވީ ރަނގަޅަށް ނޫން ކަމަށެވެ.
އެ މައްސަލާގައި ހައި ކޯޓުން އޭރު ނިންމާފައިވަނީ އަކްރަމްގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން އަމުރު ނެރެފައިވަނީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ ހިލާފަށް ކަމަށެވެ. އެހެންވެ، އެ އަމުރު ބާތިލްކޮށް، އަކްރަމްގެ ޕާސްޕޯޓް ދޫކޮށްލަން ހައި ކޯޓުން އޭރު އަމުރުކޮށްފައިވެ އެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0