މީޑިއާ ކޮމިޝަނުގެ މެންބަރުން - ފޮޓޯ : މީޑިއާ ކޮމިޝަން
ފާޑުކިޔުންތައް އަމާޒުވުމުން އަދަދު ނޫހުން ޝާއިއު ކުރި ސިޔާސީ ކާޓޫނު، އެއްވެސް ފަރާތަކުން ދައުރު ނުކުރުމަށް އެންގި އެންގުން ހަމަ އެކަނި ނޫސްތަކުން ދައުރު ނުކުރާ ގޮތަށް މީޑިޔާ ކޮމިޝަނުން ބަދަލު ގެނެސްފިއެވެ.
ނޫސްތަކުން ދައުރު ނުކުރުމަށް އަންގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު 'އަދަދު' ނޫހުން ޖެހި ކާޓޫނެކެވެ. މި ކާޓޫނުގެ މައްސަލަ މީޑިޔާ ކޮމިޝަނުން އަންނަނީ ބަލަމުންނެވެ.
މި ސިޔާސީ ކާޓޫނުގެ މައްސަލަ އެ ކޮމިޝަނުން މައްސަލަ ބަލަމުން ދަނީ، އިސްލާމް ދީނުގެ އެންމެ މަތިވެރިވެގެންވާ އަޅުކަން ކަމަށްވާ ނަމާދުގެ ރުކުނެއް ކަމަށްވާ ސަޖިދަ، މަކަރާއި ހީލަތް ގުޅުވޭހެން ދޭހަވާ ގޮތަށް ޝާއިއުކޮށްފައިވާ ކަމަށް ތުހުމަތުކޮށެވެ.
މިކަމާ ގުޅިގެން އެ ކޮމިޝަނުން މިއަދު ފުރަތަމަ ނެރުނު އިއުލާނުގައި އަނގާފައިވަނީ އެއްވެސް ފަރާތަކުން އެ ޕޯސްޓް ދައުރު ނުކުރުމަށެވެ.
ފާޑު ކިޔުންތަކާއެކު އެ އިއުލާނު ޑިލީޓުކޮށް ހަމަ މިއަދު އާ އިއުލާނެއް ނެރެފައިވެއެވެ. ފަހުން ނެރުނު އިއުލާނުގައި ވަނީ އެއްވެސް މީޑިއާއަކުން އެ ޕޯސްޓް ދައުރު ނުކުރުމަށް އަންގާ ކަމަށެވެ.
މީޑިޔާ ކޮމިޝަނުން ބަލަމުންދާ ސިޔާސީ ކާޓޫނުން ފެންނަނީ ބަޔަކު ނަމާދުގެ ޖަމާއަތުގައި ތިއްބައި، ރައީސް މުހައްމަދު މުއިއްޒުގެ ސިފަ ފެންނަ، ނޭފަތް ދިގު މިީހެއް އިމާމަށް ހުންނަ މީހާގެ ޖީބުން ފައިސާ ވަގަށް ނަގާ ތަނެވެ.
0%
0%
0%
0%
0%
8 ގަޑިއިރު ކުރި
0
16 ގަޑިއިރު ކުރި
0
22 ގަޑިއިރު ކުރި
0
22 ގަޑިއިރު ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

18 ޖަނަވަރީ 2026
2