އައްޑޫގެ މޭޔަރު އަލީ ނިޒާރު
އައްޑޫ ސިޓީ ރޫޅާލުމަށް ފަހު ސަރުކާރުން 'ގްރޭޓާ އައްޑޫ' ކެމްޕެއިނެއް ފެށުމުން އައްޑޫގެ މޭޔަރު އަލީ ނިޒާރު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ސަރުކާރު ހިންގާ ޕީއެންސީން އައްޑޫ ސިޓީއަށް ގެންގުޅޭ ކެމްޕޭނު ސްލޯގަން އަކީ ''ގްރޭޓާ އައްޑޫ'' އެވެ.
ނިޒާރު ސޯޝަލް މިޑީއާގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، އައްޑޫ ސިޓީއެއްގެ ގޮތުގައި އޮންނަ އޮތުން ހަޖަމް ނުކުރެވި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސީދާ މަޝްވަރާގެ މަތިން އައްޑޫ ރޫޅާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
''އަދި އެކަމަށް މަސައްކަތް ކުރި މީހުން "ދަ ގްރޭޓަރ އައްޑޫ" ކިޔަނީ އޭގެ މާނަ އެނގިގެން ބާއްވައޭ ސުވާލު އުފެދޭ. މިއީ ހަމަ "އިންޑިއާ އައުޓް" ކަހަލަ ބުހުތާން ދަންތުރައެއް'' ނިޒާރު ވިދާޅުވި އެވެ.
ނިޒާރުގެ ޕޯސްޓަށް ރައްދު ދެއްވައި އައްޑޫ އަށް ނިސްބަތްވެވަޑައިގަންނަވާ ހޯމް މިނސްޓަރު އަލީ އިހުސާން ވިދާޅުވީ، މޭޔަރު ނިޒާރު ނެތި 5 އަހަރު ސިޓީ ކައުންސިލު ހިންގެވީ އެއްވެސް ޕްލޭނެއް ނެތި ކަމަށެވެ. އަދި މޭޔަރުކަމުގެ އިތުރު ދައުރަށް ކުރިމަތިލާފައިވަނީވެސް ޕްލޭނެއް ނެތި ކަމަށެވެ.
ޕްލޭނެއް ނެތި ނިޒާރު ކެމްޕޭނު ކުރައްވަމުން ވަޑައިގަންނަވަނިކޮށް ޕީއެންސީގެ ފަރާތުން މޭޔަރު ކަމަށް ވާދަކުރައްވާ މުޝްރިފް އަލީ ގެންނެވި ''ދަ ގްރޭޓާ އައްޑޫ'' ވިޝަން ދެކެ ނިޒާރު ޖެހިލުންވެވަޑައިގަތުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށެވެ.
''މި ވިޝަންގެ ތަފްސީލު ކުރިއަށް އޮތް ދުވަސް ތަކުގައި ފާޅުވާވަރަށް މިފަދަ ކެކުޅުމާ އިހުސާސް ފެންނާނެ ކަމަކީ ޝައްކެއް އޮތް ކަމެއް ނޫން'' އިހުސާން ވިދާޅުވި އައްޑޫ ރައްޔިތުން ބޭނުންވަނީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށެވެ.
0%
0%
0%
0%
0%
14 ގަޑިއިރު ކުރި
0
16 ގަޑިއިރު ކުރި
0
16 ގަޑިއިރު ކުރި
0
17 ގަޑިއިރު ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

18 ޖަނަވަރީ 2026
2