އައްޑޫ ސިޓީ ސަވާހިލި ކިޔާ ފަޅުރަށުގައި ޓޫރިސްޓު ފެސިލިޓީއެއް ހެދުމަށް ބިޑަށް ހުޅުވައިލައިފިއެވެ.
މިއަދު އައްޑޫ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ސަވާހިލި ފަޅުރަށުގައި ޓޫރިސްޓް ފެސިލިޓީއެއް ތަރައްގީކޮށް، ހިންގާނެ ބަޔަކު ހޯދާކަމަށެވެ. އަދި އެ ރަށުން 858،462 އަކަފޫޓުގެ ބިމަކާއި، ފަޅުން ކަނޑައަޅާފައިވާ ސަރަހައްދެއް ބިޑަށް ހުޅުވާލާފައިވާކަމަށެވެ.
އައްޑޫ ސިޓީ ކައުންސިލުން މިހާރުވަނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަމަށް ހުށައެޅުމުގެ ފުރުސަތު ހުޅުވައިލައިފައެވެ. މާދަމާއިން ފެށިގެން އެ މަޝްރޫއުގެ ބީލަން ފޮތް އިއުލާނުގައި ބަޔާންކުރައްވާފައިވާ އީމެއިލް އެޑްރެސުން ވިއްކަން ފަށާނެކަމަށް ބުނެފައިވެއެވެ. އަދި މިމަހުގެ ވިހީގެ ނިޔަަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 9:00އިން 1:00 އައްޑޫ ކައުންސިލަށް ފޯމު ހުށައެޅުމުގެ ފުރުސަތު އޮންނާނެކަމަށް އިއުލާނުގައިވެއެވެ.
އިއުލާނުގައި ވާގޮތުން ފެސިލިޓީގައި ދިހަ ކޮޓަރިއާއި ރެސްޓޯރެންތަކާއި އިންޑޯ އަދި އައުޓްޑޯ ކުޅިވަރު ކުޅޭނެ ވަސީލަތައް ހުންނަންޖެހޭނެއެވެ. މީގެ އިތުރުން މޫދު ކުޅިވަރު ކުޅޭނެ ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ ވަސީލަތްތައްވެސް ހުންނަންޖެހޭނެއެވެ.
ސްޕާއާއި ވެލެނަސް ސެންޓަރަކާއި ސުވިމިންގް ޕޫލާއި ފަތުރުވެރިންނަށް ހިދުމަތްދެވޭ އެހެނިހެން ވަސީލަތްތައްވެސް ހިމަނައިގެން ސަވާހިލި ތަރައްގީ ކުރަން ޖެހޭނެކަމަށް އައްޑޫ ސިޓީ ކައުންސިލުން ނެރެފައިވާ އިއުލާނުގައިވެއެވެ.
މީގެ އިތުރުންވެސް ތަރައްގީކުރާ ސަރަހައްދު ކުއްޔަށްދޭނީ ގިނަވެގެން 50 އަހަރުކަމަށް އިއުލާނުގައިވެއެވެ. އަދި އެ ސަރަހައްދު ތަރައްގީކުރުމަށް ނިންމާފައިވަނީ އެހެން ރިސޯޓުތަކާއި ގެސްޓުހައުސްތަކާއި އައްޑޫގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށްވެސް ހިދުމަތް ދެވޭ ގޮތަށްކަމަށް ކައުންސިލުން ނެރެފައިވާ އިއުލާނުގައިވެއެވެ.
0%
0%
0%
0%
0%
2 ދުވަސް ކުރި
0
2 ދުވަސް ކުރި
0
6 ދުވަސް ކުރި
0
6 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

24 މާރިޗު 2025
2

8 އެޕްރީލު 2025

17 މާރިޗު 2025
0