ރައީސް ސޯލިހު އާއި ރައީސް ނަޝީދު/ ފޮޓޯ:ވަން އޮންލައިން
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން ރަނގަޅުނޫން ކަމަށް ނަޝީދު ވިދާޅުވުމާއެކު އެމްޑީޕީގެ ލީޑަޝިޕްގައި އަރާރުން އުފެދިއްޖެ އެވެ.
ނަޝީދު އެހެން ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މިހާރުގެ މެންބަރުންނާއި ކުރީގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގަ އެވެ. އެމަނިކުފާނު ވިދާޅުވީ 2028 ގެ ރިޔާސީ އިންތިހާބުގައި އެ ދެ ބޭފުޅުން ވާދަކުރެއްވުމުގެ ބަދަލުގައި އެހެން ބޭފުޅަކަށް ފުރުސަތު ދިނުން ރަނގަޅު ކަމަށެވެ.
ނަޝީދު ވިދާޅުވީ، އެމަނިކުފާނު ވެރިކަމަށް ކުރިމަތިނުލައްވައި ރައީސް ސޯލިހަށް ފުރުސަތު ދިނުމަށް ދެ ފަހަރު މަސައްކަތް ކުރި ކަމަށެވެ.
"ރައީސް ސޯލިހާ ރައީސް ސޯލިހުގެ އަރިސް ބޭފުޅުންނަށް އަދި ރައީސް ސޯލިހަށްވެސް އެގޮތް ކަމުނުގޮސް އަޅުގަނޑުމެންނުލާ އިންތިހާބު ކާމިޔާބުވާނެ ކަމަށް މާ ބޮޑަށް ދޭހަވީ، މުޅިކަން ހަރާބުވީ'' ނަޝީދު ވިދާޅުވި އެވެ.
ނަޝީދަށް ރައްދު ދެއްވަމުން ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވީ ނަޝީދު އިންތިހާބުގައި ވާދަކުރަން ހުށަހެޅި ހުށަހެޅުމަށް ދެބަހެއް ނުވާ ކަމަށެވެ. ނަމަވެސް އެކަމުގައި އެއްބަސް ނުވެވޭ ކަަންކަން ހުރި ކަމަށެވެ.
''ތިއީ ތެދު ވާހަކައެއް ނޫން'' ނިޔާޒަށް ރައްދު ދެއްވައި ނަޝީދު ވިދާޅުވި އެވެ. ނިޔާޒު އިތުރަށް ވިދާޅުވީ ސިޔާސީ ކަންކަމުގައި މަސައްކަތްކުރީ ނަޝީދު އާއި ސޯލިހުގެ ލަފާގެ މަތިން ކަމަށެވެ. ދެ ރައީސުން އެކުގައި މަސައްކަތްކުރެވޭނެ ގޮތެއް ހޯދަން އެންމެ ފަހު ވަގުތާ ޖެހެންދެން މަސައްކަތްކުރި ކަމަށް ނިޔާޒު ވިދާޅުވި އެވެ.
''ރައީސް އިބޫ ބޮލުގައި ތިވަރުގެ އިލްޒާމެއް އެޅުވީމަ ރައީސް އިބޫ ވިދާޅުވާ އެއްޗެއްވެސް ބަަލަން ބޭނުން'' ނިޔާޒު ވިދާޅުވި އެވެ.
ސޯލިހު ގްރޫޕުގައި ލިޔުނު މެސެޖެއްގައި ވިދާޅުވީ 2023 ވަނަ އަހަރުގެ އިންތިހާބާ ގުޅިގެން އެންމެ ފަހުން ދެކެވުނު ވާހަކަތައްކަމަށް ބުނެ މިހާތަނަށް ދެއްކެމުން އައީ ''އެއްބައި'' ކަމަށެވެ. އޭގެ ހުރިހާ ވާހަކަތަކެއް ނުދައްކައި މަޑުކުރަނީ މަސްލަހަތަށް ކަމަށް ސޯލިހު ވިދާޅުވި އެވެ.
''މިއީ އެންމެން ޕާޓީއާއިގެން ކުރިއަށްދާންވީ ވަގުތު ކަމުގައި އަޅުގަނޑު ދެކެން" ސޯލިހު ވިދާޅުވި އެވެ.
0%
0%
0%
0%
0%
7 ގަޑިއިރު ކުރި
0
14 ގަޑިއިރު ކުރި
0
17 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2