ބޮޑު ޗުއްޓީއަކަށް ފަހު ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު ފަށައިފި އެވެ.
ދިރާސީ އައު އަހަރަށް ރާއްޖޭގެ ހުރިހާ ސްކޫލެއް ތައްޔާރުވެފައިވާއިރު 218 ސްކޫލެއްގައި 70,000 އަށްވުރެ ގިނަ ދަރިވަރުންނާއެކު މިއަދު ފެށި ސްކޫލްތަކުން ހޫނު މަރުހަބާއެއް ދަރިވަރުންނަށް ކިޔާފައިވެ އެވެ.
މި ދިރާސީ އައު އަހަރަށް ގްރޭޑް އެކަކަށް 4790 ދަރިވަރުން ވައްދާފައިވާއިރު މީގެ ތެރެއިން މާލޭ ސަރަހައްދުގެ ސްކޫލަކުގެ ގްރޭޑް 1 އަށް 1748 ދަރިވަރުންނަށް ޖާގަދީފައިވެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ދިރާސީ އަހަރަށް އަތޮޅުތަކުގެ ސްކޫލްތަކުން މާލޭގެ ސްކޫލްތަކަށް 1530 ދަރިވަރުންނަށް ޖާގަދިނުމަށް އެދުނު ކަމަށާއި، އަދި މާލެއިން ހުޅުމާލޭގެ ސްކޫލްތަކަށް ޖުމްލަ 836 ދަރިވަރުން ބަދަލުވާން އެދުނު ކަމަށެވެ.
ދިރާސީ އައު އަހަރުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް އަރިސްކުރަން. pic.twitter.com/XEfFQJRSDz — Ministry of Education (@MoEdumv) January 26, 2026
މި ދިރާސީ އަހަރު މުޅިން އަލަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިސަރުކާރުން ތަރައްގީކުރި ޝަހީދު އަލީ ސްކޫލުގައި ކިޔަވައިދޭން ފަށާފައިވާއިރު، ގްރޭޑް އެކަކުން 10 އާއި ހަމައަށް ކިޔަވައިދޭން ފެށި އެ ސްކޫލަށް ވަނީ 1900 އަށްވުރެ ގިނަ ދަރިވަރުން ވައްދާފަ އެެވެ.
ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާފައިވާއިރު ކުރިއަށް އޮތް ރޯދަ މަހުގެ ފުރަތަމަ ހަފްތާއަށްފަހު ސްކޫލްތައް ބަންދުވާނެ އެވެ. އަދި އަލުން ސްކޫލްތަކުގައި ކިޔަވައިދޭން ފަށާނީ މާޗްމަހުގެ 23 ވަނަ ދުވަހު އެވެ.
0%
0%
0%
0%
0%
8 ގަޑިއިރު ކުރި
0
16 ގަޑިއިރު ކުރި
0
22 ގަޑިއިރު ކުރި
0
22 ގަޑިއިރު ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

18 ޖަނަވަރީ 2026
2