އަމިއްލަ މީޑިއާތަކަށް ދައުލަތުން ދޭ ފައިސާގެ އެހީއަށް 41 މީޑިއާއަކުން ޝަރުތު ހަމަވެފައިވާ ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ)އިން ބުނެފި އެވެ.
އެ ކޮމިޝަނުން ބުނީ އެހީއަށް ހުށަހެޅުމަށްޓަކައި 57 މީޑިއާއަކުން ޕްރޮފައިލް ހެދި ކަމަށާއި ޝަރުތު ހަމަވީ 41 މީޑިއާ ކަމަށެވެ.
މީޑިއާތަކަށް ލިބުނު މާކްސް ކޮމިޝަންގެ ޕޯޓަލް މެދުވެރިކޮށް ފެންނާނެ ގޮތް ވަނީ ހަދާފަ އެވެ. ޝަރުތު ހަމަވި މީޑިއާތަކަށް އެހީގެ ގޮތުގައި ޖުމްލަ 27.9 މިލިއަން ރުފިޔާ ދޭން ނިންމައިފައިވެ އެވެ. އެއީ ދައުލަތުގެ އާމްދަނީގެ 0.1 އިންސައްތަ އެވެ. އެހީއަށް ހުށަހެޅުމުގެ ސުންގަނޑި ހަމަވުމާއެކު އަށް ޝަކުވާ ލިބުނުއިރު ތިން ޝަކުވާ ބަލައިގަތް ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.
ކޮމިޝަނުން ބުނި ގޮތުގައި މާކްސް ދިނުމުގައި ބެލި މައިގަނޑު 4 ކަމަކަށެވެ. އެއީ މީޑިއާގެ މުއްދަތު، މުވައްޒަފުންގެ އަދަދާއި، މީޑިއާ ކުރިއެރުވުމަށް ހުށަހަޅާ ކަންކަން ނުވަަތަ ބިޒްނަސް ޕްލޭން އަދި ކޮންޓެންޓްގެ ބާވަތަށާއި މުވައްޒަފުންގެ ތައުލީމީ ފެންވަރާއި ތަޖުރިބާ އިތުރުން އިދާރީ އިންތިޒާމުތަކެވެ.
މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ހަވާލުކުރުމަށް, ޔޫތު މިނިސްޓްރީ އާއި އެމްއެމްބީސީއާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރީ މި މަހު 18ގައި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް މީޑިއާތަކަށް ދައުލަތުން މާލީ އޭހީދޭނެ އުސޫލު ފުރަތަމަ އެކުލަވައިލައިފައިވަނީ ޔޫތު މިނިސްޓްރީންނެވެ.
0%
0%
0%
0%
0%
8 ގަޑިއިރު ކުރި
0
16 ގަޑިއިރު ކުރި
0
21 ގަޑިއިރު ކުރި
0
21 ގަޑިއިރު ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

18 ޖަނަވަރީ 2026
2