ގާތްގަނޑަކަށް 32 އަހަރުގެ ހިދުމަތަށް ފަހު ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން ފުލުހުންގެ މުއައްސަސާއިން ރިޓަޔާކުރައްވައިފި އެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ނަވީން އިއްޔެ ވިދާޅުވީ ފެށުނު ރަމަޟާން މަހާއެކު އޭނާގެ ރިޓަޔާމެންޓް ވެސް ފައްޓަވައިފައިވާ ކަމަށެވެ.
ރިޓަޔާކުރައްވަނީ ގާތްގަނޑަކަށް 32 އަހަރު ފަހުންކަން ފާހަގަކުރައްވައި ނަވީން ވިދާޅުވީ ހިދުމަތާ ދުރަށްޖެހިވަޑައިގަންނަވަނީ ވެސް، ޕޮލިހާ ގުޅުނުއިރު ގެންގުޅުއްވި ގަބޫލުކުރުންތަކާއެކު ކަމަށެވެ. އެގޮތުން އޭރު ވެސް ފުލުހުންގެ މުއައްސަސާއަށް ކުރި އިހުތިރާމާއި އިތުބާރާއި ގައުމަށް އޮތް ލޯތްބަށް ފަނޑުވުމެއް ނާންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަވީން ސީޕީކަމާ ހަވާލުވެވަޑައިގެންނެވީ ކުރިން އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު ކުއްލި ގޮތަކަށް މިދިޔަ އަހަރު އިސްތިއުފާ ދެއްވުމުންނެވެ. ޝުޖާއު ވެސް ވަނީ ރިޓަޔާ ކުރައްވައިފަ އެވެ.
ސީޕީ ކަމުގެ މަގާމަށް ނަވީންގެ އިތުރުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ސައުތު ޕޮލިސް ކޮމާންޑަރު އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝަމީމް ކުރިމަތިލެއްވި އެވެ.
ނަވީން ފުލުހުންގެ ޚިދުމަތާ ގުޅިވަޑައިގަތީ ޖުލައި 7، 1994 ގަ އެވެ. އޭނާ ވަނީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސަދަން ކުއީންސްލޭންޑާއި އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ނޯތަމްބްރިއާއިން މަތީ ތައުލީމު ހާސިލްކުރައްވާފަ އެވެ.
0%
0%
0%
0%
0%
5 ގަޑިއިރު ކުރި
0
12 ގަޑިއިރު ކުރި
0
18 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

18 ޖަނަވަރީ 2026
2