ފޮޓޯ: ސިޑިބަރި
ފްރީޑައިވްއެމްވީ އިން ވަނީ އެއްތަނެއްގައި އެންމެ ގިނަ މީހުން އެއްފަހަރާ ސްނޯކްލިން ކުރުމުގެ ވޯލްޑް ރެކޯޑް ކާމިޔާބުކޮށްފައެވެ. މި ތާރީޚީ ހާދިސާ ބާއްވާފައިވަނީ ރާއްޖޭގެ މަޝްހޫރު ރިސޯޓެއް ކަމަށްވާ ސިޔާމް ވޯލްޑްގައެވެ. މި އިވެންޓްގައި ޖުމްލަ 307 ބައިވެރިން ބައިވެރިވެ، ރެކޯޑްގެ ޓާގެޓް ކަމަށްވާ 250 އަށްވުރެ ގިނަ މީހުންގެ އަދަދު ވަނީ ފަހަނައަޅާފައެވެ.
މި ވޯލްޑް ރެކޯޑަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ. އާންމުންގެ ބޮޑު ތަރުހީބަކާއެކު މި ރެކޯޑް ނިންމާލެވުނުއިރު، ފްރީޑައިވްއެމްވީ އަކީ ރާއްޖޭގައި ފްރީޑައިވިންގ އަދި ކަނޑުގެ ކުޅިވަރުތައް ކުރިއެރުވުމަށް މަސައްކަތްކުރާ އިސް ފަރާތެކެވެ. މި ރެކޯޑް ހެދުމަށް ބައިވެރިން އެއްފަހަރާ ސްނޯކްލިން ކޮށްފައިވާ އިރު، މިކަން ކަށަވަރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ވަނީ ބަލާފައެވެ.
މި އިވެންޓް ކާމިޔާބުކަމާއެކު ބޭއްވުމުގައި ސިޔާމް ވޯލްޑްގެ އެއްބާރުލުން ފާހަގަކޮށް، ފްރީޑައިވްއެމްވީގެ ފަރާތުން ވާހަކަ ދެއްކި ފަހުދު ވިދާޅުވީ، ސިޔާމް ވޯލްޑަކީ އަބަދުވެސް ރިސްކު ނަގައިގެން ތަފާތު ދައްކަން މަސައްކަތްކުރާ މެނޭޖްމަންޓެއްް އޮތް ތަނެއްކަމަށެވެ. އަދި މި އިވެންޓު ބާއްވަން ފަސޭހަވީވެސް ސިޔާމް ވޯލްޑާއި ފްރީ ޑައިވް މޯލްޑިވްސްގެ ވިސްނުން އެއްގޮތްވުމުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ކާމިޔާބީއަކީ ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށް ލިބުނު ފަޚުރެކެވެ. މިފަދަ ބައިނަލްއަޤްވާމީ ރެކޯޑްތައް ހެދުމުގެ ސަބަބުން ރާއްޖޭގެ ރީތިކަމާއި، ކަނޑުގެ ދިރުންތައް ދުނިޔޭގެ މަސްރަހުގައި އިތުރަށް ފާހަގަވެގެންދާނެކަމަށް ބެލެވެއެވެ.
0%
0%
0%
0%
0%
7 ގަޑިއިރު ކުރި
0
13 ގަޑިއިރު ކުރި
0
17 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2