މިދިޔަ މަހުގެ 18ވަނަ އިމާރާތެއްގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު (21އ) ވެއްޓުނު ހާދިސާއާ ގުޅިގެން، އެ މައްސަލައިގައި ބައިވެރިވުން އޮވެދާނެކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ރައުދު އަހްމަދު ޒިލާލް/ ގ. އެރިޔަދޫ، (21އ) ގެ ބަންދުގެ މުއްދަތު ތިންވަނަ ފަހަރަށް އިތުރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން މިއަދު ރައުދުގެ ބަންދަށް އިތުރުކުރީ 5 ދުވަހެވެ. މިއަދުގެ ކުރިން ވެސް ކޯޓުން ރައުދުގެ ބަންދަށް ޖެހީ 5 ދުވަހެވެ. އޭގެ ކުރިން ތިން ދުވަހެވެ.
ޔުމްނު ވެއްޓުނު މައްސަލައާ ގުޅިގެން ރައުދު ހައްޔަރުކޮށްފައިވަނީ އެ ހާދިސާ ހިނގިތާ 6 ދުވަސް ފަހުން މިދިޔަ އޭޕްރިލް މަހު 24ގަ އެވެ.
ރައުދުގެ މައްޗަށް ކޮށްފައިވަނީ މި ހާދިސާގައި ބައިވެރިވުމުގެ ތުހުމަތުގެ އިތުރުން، މަސްތުވެފައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތެވެ.
މި މައްސަލައިގައި ޔުމްނުއާއެކު އުޅުނު އިތުރު 7 މީހުންގެ ތެރެއިން ރައުދު ފިޔަވައި އެހެން އެންމެން ވަނީ ކުޑަކަމުދާ ތަކެތީގެ ސާމްޕަލް ދިނުމަށް އިންކާރުކޮށްފައެވެ. އެކަމަށް ފިޔަވަޅު އަޅަން ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވެ އެވެ. މި ވަގުތު އެ މީހުންގެ ޕާސްޕޯޓް ވަނީ ހިފަހައްޓައިފަ އެވެ.
މައްސަލައާ ގުޅިގެން ފުލުހުން ވަނީ މިނިސްޓަރު އަމީންގެ އެއްބަނޑުއެއްބަފާ ދެބެއިންގެ ގެ، މއ. މާންދޫގެދެކުނުގެ ޓެރެސް އާއި އެ ގޭގެ ދެވަނަ އަދި ހަތަރުވަނަ ފުލޯގެ އިތުރުން ގ. ކަށިވެލީގެ ތިންވަނަ ފްލޯ ވެސް ބަލައި ފާސްކޮށްފައެވެ. ނަމަވެސް، މި ތަންތަނުން މައްސަލައާ ގުޅޭ އެއްވެސް ހެއްކެއް ލިބިފައިނުވާ ކަމަށް ފުލުހުން ވަނީ ކުރިން ބުނެފަ އެވެ.
މި މައްސަލާގައި ފުލުހުންގެ މައްޗަށް 'ސިޔާސީ' ނުފޫޒު ފޯރުވާފައިވާ ކަމަށް ތުހުމަތުކޮށް ކޮންމެ ރެއަކުހެން މާލެ މަގުމަތީ ޒުވާނުން ގެންދަނީ މުޒާހަރާކުރަމުންނެވެ. ތަފާތުކުރުމުގެ ސަގާފަތާ ދެކޮޅަށް އަޑުއުފުލަމުން ގެންދިއުން މަރުހަބާ ވިދާޅުވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މި މަހުގެ 3ގައި އެމަނިކުފާނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައިވެ އެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0