ފޮޓޯ: މިހާރު
2007 އަހަރު އުފަންވި އަދި އެއަށްފަހު އުފަންވާ އެންމެންނަށް މިއަދުން ފެށިގެން ސިނގިރޭޓު ވިއްކުން މަނާވެ "ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯ" އަށް އަމަލުކުރަން ފަށައިފިއެވެ.
"ދުންފަތް ކޮންޓްރޯލް ކުރުމާއިބެހޭ ޤާނޫނު" އަށް ގެނެވުނު 2 ވަނަ އިސްލާހު، ރައީސް ޑރ.މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވުމާއިއެކު، ރާއްޖެ ވެފައިމިވަނީ، ދުނިޔޭގައި ޖެނެރޭޝަނަލް ބޭންގެ ސިޔާސަތު (މުޅި ގައުމުގެ މައްޗަށް) ތަންފީޒުކުރާ ފުރަތަމަ ގައުމު ކަމުގައެވެ.
މި އިސްލާހު ބަޔާންކުރާގޮތުން، 1 ޖަނަވަރީ 2007 ގައި އުފަންވެފައިވާ ނުވަތަ އެ ތާރީހުގެ ފަހުން އުފަންވާ އެއްވެސް ފަރާތެއް ދުންފަތުގެ އިސްތިއުމާލުކުރުމާއި، ދުންފަތުގެ ވިޔަފާރީގެ އެއްވެސް މުއާމަލާތެއްގައި ބައިވެރިވުމާއި ބައިވެރިކުރުމަކީ ގާނޫނީގޮތުން މަނާކަމެކެވެ.
އަދި ދުންފަތުގެ ބާވަތެއް ވިއްކުމުގެ ކުރިން އެ ފަރާތަކީ ގާނޫނު ހުއްދަކުރާ އުމުރު ހަމަވެފައިވާ ފަރާތެއްކަން ކަށަވަރު ކުރުމަށް ރަސްމީ ލިއުމެއް ބަލާ ޗެކްކޮށް، އުމުރު ކަށަވަރުކުރުން، ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުގެ މައްޗަށް ގާނޫނުން ލާޒިމުކުރެއެވެ. ހަމައެއާއެކު ޖެނެރޭޝަނަލް ބޭން އިން މަނާވާ ބާވަތްތަކުގެ ތެރޭގައި، އެއްވެސް އިސްތިސްނާއެއްނެތި، ދުންފަތުގެ ހުރިހާބާވަތެއް ހިމެނެއެވެ. މީގެ އިތުރުން، ވަކި އުމުރަކަށް އަދި ވަކި ބާވަތަކަށް ތަފާތު ނުވާނެހެން، އީ-ސިގިރޭޓާއި ވޭޕް ރާއްޖޭގައި އުފެއްދުމާއި، ރާއްޖެއަށް އެތެރެކުރުމާއި، ރާއްޖޭގައި ވިއްކުމާއި ރާއްޖޭގައި ބޭނުންކުރުމާއި ގެންގުޅުންވެސް ވަނީ ޤާނޫނީގޮތުން މަނާކުރެވިފައެވެ.
"ޖެނެރޭޝަނަލަ ބޭން އޮން ޓޮބޭކޯ" ސިޔާސަތަކީ ރާއްޖެ ބައިވެރިވެފައިވާ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ބައިނަލްއަގްވާމީ މުއާހަދާ، "ފްރޭމްވޯރކް ކޮންވެންޝަން އޮން ޓޮބޭކޯ ކޮންޓްރޯލް (އެފްސީޓީސީ)" ގެ ދަށުން ގައުމުތަކުން އެޅުމަށް ލަފާދީފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ފިޔަވަޅެކެވެ.
0%
0%
0%
0%
0%
6 ގަޑިއިރު ކުރި
0
7 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2