ބުރާސްފަތި - 10 އެޕްރީލު 2025
ރާއްޖެ އެތެރެކުރަން މަސައްކަތް ކުރި 2008 ވޭޕް ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
މި ތަކެތި އަތުލައިގަނެފައިވަނީ މިދިޔަ ހަފުތާގެ ބުދަ ދުވަހު ރާއްޖެއަށް އެތެރެކޮށްފައިވާ އެއާ ކާގޯ ޝިޕްމެންޓެއްގައި ވޭޕް ފޮރުވާފައި ހުރިކަމަށް ޝައްކުކުރެވިގެން ބަލައި ފާސްކުރުމުގެ ތެރޭގަ އެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ކަސްޓަމުން ބުންޏެވެ.
އިއްޔެ މެލޭޝިއާއިން ރާއްޖެ އައި ތިން މީހެއްގެ ލަގެޖުން ވެސް ގިނަ އަދަދެއްގެ ވޭޕް އަދި ވޭޕްކުރުމަށް ބޭނުންކުރާ ގިނަ އާލާތްތަކެއް ކަސްޓަމްސް އިން ވަނީ އަތުލައިގެންފަ އެވެ. މި މައްސަލަ ވެސް ކަސްޓަމްސް އިން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
ވޭޕްކުރުމާއި ވޭޕް ވިއްކުން މަނާކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު 15 އިން ފެށިގެންނެވެ.
އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުން މަނާކޮށް، ޤާނޫނާ ޚިލާފުވެއްޖެ ނަމަ، ޖޫރިމަނާކުރެވޭނެ އަދަދުތަކެއް ވަނީ ކަނޑައަޅައިފައެވެ.
އެގޮތުން ވޭޕް ކުރަން ބޭނުންކުރާ އާލާތްތަކާއި އެކަމަށް ތައްޔާރު ކޮށްފައިވާ އުފެއްދުންތައް ރާއްޖެ އެތެރެކޮށްފި ނަމަ 50،000 ރުފިޔާ އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕް އާލާތަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރުމަށް ގާނޫނުގައި ކަނޑައަޅާފައި ވެއެވެ.
މީގެ އިތުރުން ދުންފަތް ބޭނުންކުރަން އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ވިއްކައިފި ނަމަ 20،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ. ވިއްކި ކޮންމެ އެއްޗަކަށް 10،000 ރުފިޔާގެ ޖޫރިމަނާއެއްގެ އިތުރުން ހިލޭ ބަހައިފި ނަމަ 10،000 ރުފިޔާގެ ޖޫރިމަނާ ކުރާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައި ވެ އެވެ. އެފަދަ އެއްޗެއް ވިއްކީ ކުޑަކުއްޖަކަށް ނަމަ އެ މީހެއްގެ ޖޫރިމަނާ އަކީ 50،000 ރުފިޔާ އެވެ.
0%
0%
0%
0%
0%
12 ގަޑިއިރު ކުރި
0
12 ގަޑިއިރު ކުރި
0
16 ގަޑިއިރު ކުރި
0
16 ގަޑިއިރު ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

24 މާރިޗު 2025
2

1 ދުވަސް ކުރި

17 މާރިޗު 2025
0