ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާމުގުގެ މަސައްކަތް ފެށުމުގެ ގޮތުން އިންސެޕްޝަން ރިޕޯޓް ސްޓޭކްހޯލްޑަރުންނާ ހިއްސާކޮށް މަސައްކަތް ކުރިއަށް ދާނެ ގޮތް ނެކްސިއާ އިން ހިއްސާކޮށްފި އެވެ.
އުމަރު ޒާހިރު ބިލްޑިންގ އާދިއްތަ ދުވަހު އޮތް މި ބައްދަލުވުމުގައި ނެޝަނަލް ޑެވެލޮޕްމަންޓް ޕްލޭން އެކުލަވާލުމަށް މަސައްކަތް ރާވާފައިވާ ގޮތާއި ސްޓޭކްހޯލްޑާރ އެންގޭޖްމަންޓް ސްޓްރެޓެޖީ ހުށަހަޅާ ދެއްވީ ނެޝަނަލް ޑެވެލޮޕްމަންޓް ޕްލޭން ޕްރޮޖެކްޓްގެ ޓީމް ލީޑަރު ހާމިދު ސޯދިގު އެވެ.
އިންސެޕްޝަން ރިޕޯޓު ބައިވެރިންނާ ހިއްސާކުރުމާ އެކު މި މަޝްރޫއުގައި މަސައްކަތް ކުރައްވާ ކޯ ގުރޫޕް ތައަރާފުކޮށްދެއްވާ މި މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ މެތޮޑޮލޮޖީ އަދި ސްޓޭކްހޯލްޑަރުންގެ ބައިވެރިވުން ހޯދުމުގެ މަސައްކަތް ރާވާފައިވާ ގޮތް ބައިވެރިންނާ ހިއްސާ ކުރި އެވެ.
މިގޮތުން އިންސެޕްޝަން ރިޕޯޓަށްފަހު ގައުމީ ތަރައްގީގެ ޕްލޭންގެ އެކުލަވާލުމުގެ މަސައްކަތުގެ ދެވަނަ މަރުހަލާގެ ގޮތުގައި ކުރިއަށް ދާނީ މި ޕްލޭން އެކުލަވާލުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމެވެ. މި ޕްލޭނަކީ ރައްޔިތުންނާ ގާތުން އެމީހުންގެ ހިޔާލާއި މަޝްވަރާގެ މަތިން އެކުލަވާލާ ޕްލޭނެކެވެ.
އެހެންކަމުން, އަދި މި ޕްލޭން އެކުލަވާލުމަށް ފަންނީ ބޭފުޅުންގެ ލަފާ, އާއްމުންގެ ހިޔާލު، ފޯކަސް ގުރޫޕް ޑިސްކަޝަންތައް އަދި ސްޓޭކްހޯލްޑާ ބައްދަލުވުންތައް ބާއްވާ މައުލޫމާތު އެއްކުރުމަށް ވަނީ ހަމަޖެހިފައި އެވެ.
މި މައުލޫމާތުގެ އަލީގައި ޑޭޓާ ޕްރޮސެސް އަދި އެނަލިސިސް ހަދާ ފުރަތަމަ ޑްރާފްޓެއް އެކުލަަވާލާނެ އެވެ. އޭގެ ފަހުން ތަޖުރިބާކާރުންގެ ލަފާ ހޯދައި މި ޕްލޭންގެ މަސައްކަތް ނިންމާލާ އިދާރާ އަށް ހުށަހަޅާނެ އެވެ.
މި ބައްދަލުވުމުގައި ސަރުކާރުގެ އަންނަނިވި މިނިސްޓްރީތަކުން ބައިވެރިވެ ވަޑައިގެންނެވި އެވެ.
މި ބައްދަލުވުމުގައި ބައިވެރިންނަށް ވަނީ އިންސެޕްޝަން ވޯކްޝޮޕުގެ ގޮތުގައި ހަރަކާތެއް ކުރިއަށް ގެންގޮސްފައި އެވެ. މި ބައި ކުރިއަށް ގެންދެއްވީ މި ޕްރޮޖެކްޓްގެ ގަވަނަންސް ސެޕްޝަލިސްޓްގެ ގޮތުގައި މަސައްކަތް ކުރައްވާ ނަޝީތު ތޯހާ އެވެ.
ނެކްސިއާ އިން އެކުލަވާލާ ދިވެހިރާއްޖޭގެ 20 އަަހަރުގެ ޤައުމީ ތަރައްގީގެ ޕްލޭންގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އިގްތިސޯދީ، އިޖްތިމާއީ، ގަވަނަންސް އަދި ތިމާވެއްޓަށް ރިއާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ގައުމުގެ ތަރައްގީ ދިގު މުއްދަތަކަށް ބައްޓަން ކުރުމެވެ.
0%
0%
0%
0%
0%
21 ސެޕްޓެންބަރު 2025
0
20 ސެޕްޓެންބަރު 2025
0
26 އޮގަސްޓު 2025
0
22 އޮގަސްޓު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0