6 ގަޑިއިރު ކުރި
އެތެރޭގެ މައްސަލަތައް ބޮޑުވެ، ރާއްޖޭގެ އެންމެ މަގުބޫލް އެއް ގިޓަރިސްޓް އަހުމަދު ޝަހީދު (ޝަހީދު ލެގަސީ) ވެސް 'ޓޫ އޮފް އަސް' ބޭންޑް އިން ވަކިވެއްޖެ އެވެ.
އިންޑިއާގެ މުމްބާއީގައި ބޭއްވި ބައިނަލް އަގުވާމީ މުބާރާތެއް ކަމަށްވާ 'ބެޓަލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް' އިން މިދިޔަ އަހަރު ތިންވަނަ ހޯދީ އެ ބޭންޑް އިންނެވެ.
އެ މުބާރާތުން މީހުންގެ މަގުބޫލުކަން ހޯދި ނަމަވެސް ބޭންޑްގެ އެތެރޭގެ މައްސަލަތައް ބޮޑުވަމުން ދިޔަ ތަން އާންމުންނަށް ވެސް ފެނިގެން ދިޔަ އެވެ. ހާއްސަކޮށް ލީޑް އެއް މިއުޒިޝަން އަހުމަދު އަދުހަމް އާ ބޭންޑްގެ އެއް ބައިވެރިންނާ ދެމެދުގަ އެވެ.
ޝަހީދު ލެގަސީ މިއަދު އާންމުކުރި ބަޔާނުގައި ވެސް އޭނާ ބޭންޑް ދޫކޮށްލަން ޖެހުނު އެއް ސަބަބެއް ކަމަށް އޮތީ ވެސް ބޭންޑެއްގެ ސިފައިގައި މަސައްކަތް ނުކުރެވި، އެންމެ މީހެއްގެ ޝޯއަކަށް މާ ބޮޑަށް ސަމާލުކަން ދީގެން ކުރިއަށް ދާތީ އެވެ.
އަދި ލިބޭ ފުރުސަތުތަކާއި ފަންޑްތައް ބޭނުން ކުރެވެމުންދާ ގޮތާ މެދު ވެސް ސުވާލު އުފެދޭ އެތައް ކަމެއް ހުރިކަމާއި ދެފުށް ފެންނަ ހާމަކަން ބޮޑު އެއްވެސް އުސޫލެއް ނެތްކަން ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
ބެޓަލް އޮފް ދަ ބޭންޑްސްގައި ޝަހީދު އާއި މުޅި ބޭންޑްގެ ފަރާތުން ދައްކައިދެވުނު ހުނަރުވެރި ހުށަހެޅުންތަކާ މެދު އަބަދުވެސް ފަހުރުވެރިވާނެ ކަމަށް ޝަހީދު ބުންޏެވެ. އަދި އެ ހަނދާންތަކަކީ އަބަދުވެސް ފައްސި ނަޒަރިއްޔާތަކުން ހަނދުމަ ވާނެ ހަނދާންތަކެއް ކަމަށް ވެސް ބުންޏެވެ.
އަދުހަމްއާ އެކު އެ މުބާރާތުގައި ލަވަކިޔުންތެރިއެއް ގޮތުގައި ސްޓޭޖްގައި ހަރަކާތްތެރިވި މުހައްމަދު ނަސޫހް ވަނީ މިދިޔަ އަހަރު އޮކްޓޯބަރު މަހު ތެރޭގައި އެ ބޭންޑުން ވަކިވެފަ އެވެ.
0%
0%
0%
0%
0%
3 ޖަނަވަރީ 2026
0
1 ޖަނަވަރީ 2026
0
30 ޑިސެންބަރު 2025
0
20 ޑިސެންބަރު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2