މުންބާއީގައި ބޭއްވުނު އޭޝިއާގެ އެންމެ ފާހަގަކޮށްލެވޭ މިއުޒިކް މުބާރާތްތަކުގެ ތެރެއިން އެއް މުބާރާތް ކަމުގައިވާ ބެޓަލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް 2025 ގައި ދިވެހިރާއްޖޭގެ ބޭންޑް 2ofus އަށް ވަނީ 3 ވަނަ މަޤާމު ހޯދަފައެވެ. އި، ދިވެހި މިއުޒިކް އިންޑަސްޓްރީގައި ލިޔެވުނު ތާރީޚީ އާ ސަފުހާއެކެވެ.
މިލިއަނުން މީހުން ބަލަމުންދިޔަ މި މުބާރާތުގައި ދިވެހި ސަގާފަތާއި، ވާހަކަތައް އަދި ރައްޔިތުން ތަމްސީލުކުރަމުން، 2ofus އިން ވަނީ އެ ބޭފުޅުންގެ ހުނަރާއި ޤާބިލްކަން ދައްކުވައިދީފައެވެ.
މި ކާމިޔާބީއަކީ ހަމައެކަނި ބޭންޑަށް ނިސްބަތްވާ ކާމިޔާބީއެއް ނޫންކަމަށް ބޭންޑުން ފާހަގަކުރެއެވެ. މިއީ އެ ބޭފުޅުންގެ ފަހަތުގައި ތިބި ހުރިހާ ދިވެހި ރައްޔިތުންގެ ކާމިޔާބީއެކެވެ. ބޭންޑަށް އިތުބާރުކޮށް، ހިތްވަރުދީ، ދުޢާކޮށްދިން އެންމެހާ ފަރާތްތަކުގެ ކާމިޔާބީއެކެވެ.
"މި ކާމިޔާބީ އަޅުގަނޑުމެން މި ހަދިޔާކުރަނީ އަޅުގަނޑުމެންގެ ލޮބުވެތި ޤައުމަށާއި، ޒުވާނުންނަށާއި، އަދި އަޑު މާ ކުޑަކަމަށް ދެކޭ ކޮންމެ ހުވަފެންވެރިއަކަށެވެ. މިއީ ދިވެހިންނަށް ބައިނަލްއަޤްވާމީ މައިދާނުގައިވެސް ޖާގަ އޮތްކަމުގެ ހެއްކެކެވެ،" މިހެން ބޭންޑުގެ ފަރާތުން ބުނެފައިވެއެވެ.
ބެޓަލް އޮފް ދަ ބޭންޑްސްގެ އިންތިޒާމުކުރި ފަރާތްތަކަށާއި، ފަނޑިޔާރުންނަށާއި، ޚާއްޞަކޮށް އެ ބޭފުޅުންގެ މެންޓަރ ނީރަޖް ސަރަށާއި، އަދި އެންމެ މުހިންމު ގޮތެއްގައި އެ ބޭފުޅުންގެ އާއިލާތަކަށާއި ފޭނުންނަށް 2ofus އިން ވަނީ ޝުކުރު އަދާކޮށްފައެވެ. މި ހުރިހާ ފަރާތްތަކުގެ އެހީތެރިކަމާއެކު ކުރިމަތިވި ގޮންޖެހުންތަކާ ކުރިމަތިލެވުނު ކަމަށް ބޭންޑުން ފާހަގަކުރިއެވެ.
0%
0%
0%
0%
0%
4 ދުވަސް ކުރި
0
17 ޖުލައި 2025
0
25 ޖޫން 2025
0
24 ޖޫން 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0