18 ރަށެއްގެ ސުކޫލުތަކުގައި ނުނިމިހުރި މަސައްކަތްތަކުގެ މަޝްރޫއު ހަވާލުކޮށްފިއެވެ.
މިއަދު ބޭއްވި މަސައްކަތް ހަވާލުކުރެއްވުމުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އިސްމާއިލް ޝަފީއުއެވެ. އެމްޓީސީސީން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު އަފީފް ހުސައިންއެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަލީ ޒުހައިރުއެވެ. އަދި ފެނަކަ ކޯޕަރޭޝަނުން އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު ނަޖާހުއެވެ.
މި މަސައްކަތްތަކުގެ ދަށުން އެމްޓީސީސީއާ ހަވާލުކުރެވިފައިވަނީ 15ރަށެއްގެ ސުކޫލެއްގެ މަސައްކަތެވެ. އަދި ދެރަށެއްގެ މަސައްކަތް އާރްޑީސީއާ ހަވާލުކުރެވިފައިވާއިރު ފެނަކައަށް އެއް ރަށުގެ މަސައްކަތް ވަނީ ހަވާލުކޮށްފައެވެ.
މިގޮތުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ހއ.މޮޅަދޫ، ހއ.ނޮޅިވަރަންފަރު، ހދ.ނޭކުރެންދޫ، ށ.ބިލެތްފަހި، ރ.އިންނަމާދޫ، ރ.ދުވާފަރު، ބ.ކުޑަރިކިލު، އއ.މަތިވެރި، ތ.ގާދިއްފުށި، ގދ.ވާދޫ، ހއ.މާރަންދޫ، ކ.ގުޅި، ތ.މަޑިފުށި، ހދ.ނައިވާދޫގެ އިތުރުން ލ.މާވަށު ސުކޫލުގެ މަސައްކަތެވެ.
އއ.މާޅޮހު ސުކޫލުގެ މަސައްކަތާއި އދ.ފެންފުށި ސުކޫލުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވާއިރު ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައިވަނީ މ.ވޭވަށު ސުކޫލުގެ މަސައްކަތެވެ.
މިއަދު ސަރުކާރު ކުންފުނިތަކާއި ހަވާލުކުރެވުނު މަޝްރޫއުތަކަކީ ވޭތުވެދިޔަ ސަރުކާރުގައި އެކި ތާރީހުތައް ދީގެންވެސް އެކަށީގެންވާގޮތަށް ކުރިއަށް ނުގެންދެވި ހުރި މަސައްކަތްތަކެވެ. އެގޮތުން އޭރު ކުންފުނިތަކާއި ވެފައިވާ އެއްބަސްބުންތައް ބާތިލުކޮށް ސަރުކާރުން މިވަނީ މި މަސައްކަތް އެކުލަވާ ލާފައެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
5 ދުވަސް ކުރި
0

24 މާރިޗު 2025
2

1 މާރިޗު 2025
1

17 މާރިޗު 2025
0