މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެ ފްލައިޓްތަކަށް ވައިގެ ދަތުރުފަތުރުތައް އައި ބަދަލުގެ ސަބަބުން ކެންސަލްވި ފުލައިޓުތަކުން ނުފުރި 1،400 ފަތުރުވެރިން އެބަތިބި ކަމަށް، ޓޫރިޒަމް މިނިސްޓަރު ތާރިގް އިބްރާހީމް ރޭ ވިދާޅުވެއްޖެ އެވެ.
ރޭ ވީއައިއޭގައި ނޫސްވެރިންނާ ބައްދަލުކުރައްވައި މިނިސްޓަރު ވިދާޅުވީ ފުލައިޓުތައް ކެންސަލްވުމުގެ ސަބަބުން އެއާޕޯޓުގައި ތާށިވެފައި ތިބި ފަތުރުވެރިންގެ ތެރެއިން ބައެއް ފަތުރުވެރިން އެދުނީ އެ މީހުން ކުރިން ތިބި ގެސްޓްހައުސްތަކަށާއި ރިސޯޓުތަކަށް ދެވޭނެ ގޮތް ހަމަޖައްސައިދިނުމަށް ކަމަށެވެ.
އަދި އެހެން ފުލައިޓެއްގައި ދެވޭނެ ގޮތް ފަހިކޮށްދޭން ބައެއް އެހެނިހެން ފަތުރުވެރިން އެދިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެއާޕޯޓުގައި ތިބެވޭނެ އިންތިޒާމު ހަމަޖައްސައިދޭން ވެސް އިތުރު ފަތުރުވެރިންތަކެއް އެދުނު ކަމަށްވެސް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައިގެ ހާލަތުގެ ސަބަބުން އަށް ފުލައިޓެއް ކެންސަލްވެ އޭގެ ތެރެއިން ދެ ފުލައިޓެއް ނުފުރި އެބައޮތް ކަމަށެވެ. މި ވަގުތު އެއާޕޯޓުގައި ތިބި ފަތުރުވެރިންނަށް، ކުރީގެ ޑޮމެސްޓިކް ޓާމިނަލުގެ ތެރޭ ތިބެވޭނެ އިންތިޒާމު ގޮނޑިއާއި އިންޓަނެޓާ ހަމަޖައްސާދީފައިވެ އެވެ.
Minister @Thoriqibrahim visits Velana International and was briefed on the arrangements and preparations to facilitate passengers affected by the flight disruptions.
The Ministry is closely monitoring the situation in Middle East, and working with all industry partners to… pic.twitter.com/HcGaIW9I9Y — Ministry of Tourism and Environment (@MoTmv) February 28, 2026
އަދި ފަތުރުވެރިންނަށް އިތުރު މައުލޫމާތުދީ، އެ މީހުން ބޭނުންވާ އެހީތެރިކަން ދިނުމަށްޓަކައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާ ގުޅިގެން ހެލްޕްޑެސްކެއް ގާއިމްކޮށްފައިވެ އެވެ.
ޓޫރިޒަމް މިިނިސްޓްރީން ވަނީ މެދުއިރުމަތީގެ ހަނގުރާމައިގެ ހާލަތުގެ ސަބަބުން ވައިގެ ދަތުރުފަތުރަށް ބުރޫއަރައި، ފުލައިޓުތައް ދަތުރުކުރާ ވަގުތަށް ބަދަލު އައިސްފައިވާތީ އެ ބަދަލުތައް ކަށަވަރުކުރުމަށް ރިސޯޓުތަކަށާއި، ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނަށް އިލްތިމާސްކޮށްފައެވެ.
0%
0%
0%
0%
0%
24 މިނަޓް ކުރި
0
1 ގަޑިއިރު ކުރި
0
22 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

18 ޖަނަވަރީ 2026
2