ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ތަކެއް ފޮނުވައި އޮޅުވާލައިގެން ގިނަ އަދަދެއްގެ މުދާ ހޯދި މައްސަލައިގައި ހުސައިން ޝިފާއު 109 އަހަރަށް ޖަލަށްލައި ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ސައްހަ ނޫން ޓޯޓީތަކެއް ބޭރު ކުންފުނިތަކަކަށް ފޮނުވައިގެން 1.9 މިލިއަން ރުފިޔާ ގެ މުދާ ޝިފާއު ހޯދާފައިވެއެވެ. މި މައްސަލައިގައި ޝިފާއު ހައްޔަރު ކޮށްފައިވައިވަނީ 2023 ވަނަ އަހަރުގައެވެ. އޭނާގެ މައްޗައް ދައުލަތުން 23 ދައުވާއެއް ކޮއްފަައިވާއިރު އެއީ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ނުވަ ދައުވާއަކާއި މަކަރާއި ހީލަތް ހެދުމުގެ ހަތް ދައުވާއަކާއި މަނީ ލޯންޑްރިންގެ ހަތް ދައުވާއެކެވެ.
މި ހުރިހާ ދައުވާތަކެއް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކުރިން އޮތީ ނިންމާފައިވެއެވެ. މިއަދު ކުރިއަށް ގެންދިޔަ އަޑު އެހުމަކީ އެ ހުރިހާ ދައުވާތަކެއްގެ އަދަބު ކަނޑައެޅުމަށް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ އަޑު އެހުމެކެވެ. މިއަދު އެ މައްސަލަތައް ބައްލަވާފައިވަނީ ގާޒީ އަލީ ނަދީމް އެވެ. ގާޒީ ވަކިވަކިން އަދަބުތައް އިއްވެވިއެވެ. އެ ހުރިހާ އަދަބުތައް އެއްކޮއްލުމުން ޖުމްލަ އެއްކޮށްލުމުން 109 އަހަރުގެ ޖަލު ހުކުމަކާއި ހަތް މިލިއަން ރުފިޔާގެ ޖޫރިމަނާއަކަށް އަރަ އެވެ.
މި ޖަލު ހުކުމަކީ ރާއްޖޭގައި އެކަކުގެ މައްޗަށް މިހާތަނަށް އިއްވި އެންމެ ދިގު ޖަލު ހުކުމެވެ. މި ޖަލު ހުކުމްތަކަކީ މަނީ ލޯންޑްރިންގެ ދައުވާތަކުގައި 70 އަހަރަށް ކުރާ ޖަލު ހުކުމަކާއި މަކަރާއި ހީލަތް ހެދުމުގެ ދައުވާތަކުގައި 30 އަހަރުގެ ޖަލު ހުކުމުގެ އިތުރުން ސައްހަ ނޫން ލިޔުން ދިނުމުގެ ދައުވާތަކުގައި ނުވަ އަހަރުގެ ޖަލު ހުކުމެކެވެ.
0%
0%
0%
0%
0%
12 ގަޑިއިރު ކުރި
0
13 ގަޑިއިރު ކުރި
0
16 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2