އެއް ކޮޓަރީގެ ފްލެޓު ދޫކޮށްލުމުން އެހެން ފްލެޓަކަށް ކުރިމަތިލެވޭ ގޮތަށް އުސޫލު ބަދަލުކޮށް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓު ދޫކުރުމުގެ އުސޫލު ބަދަލުގައި ގެނެސްފި އެވެ.
ހައުސިން މިނިސްޓްރީން ރޭގައި ގެޒެޓުކުރި އުސޫލުގައިވާ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމަކުން އެއް ކޮޓަރީގެ ފްލެޓެއް ލިބިފައި އަދި އޭނާގެ 18 އަހަރުން ދަށުގެ ކުދިން ތިބިނަމަ އެތަނެއް ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ ދަށުން ދޫކޮށްލާނަމަ އަލުން ފްލެޓަށް ކުރިމަތިލެވޭނެ އެވެ.
އަދި ދެ ކޮޓަރީގެ ހައުސިން ޔުނިޓެއް ލިބި 18 އަހަރުން ދަށުގެ ދެ ޖިންސުގެ ދަރިން ތިބިނަމަ އެތަނަކަށް ބސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން ދޫކޮށްލަން އެއްބަސްވާ ނަމަވެސް އަލުން ފްލެޓަށް ކުރިމަތިލެވޭ ގޮތަށް އައު އުސޫލުގައިވެ އެވެ.
މި ބަދަލު ގެނެސްފައިމިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގައި ބޭއްވެވި ބައްދަލުވުންތަކުގައި އެއް ކޮޓަރީގެ ފްލެޓް ލިބިފައި ތިބި މީހުންނަށް އިތުރު ހައުސިން ސްކީމަކަށް ކުރިމަތިނުލެވޭތީ އެކަމުގެ ކަންބޮޑުވުން ރައީސްއާ ހިއްސާކުރުމުންނެވެ.
ހިޔާ ފްލެޓު ލިބުނު މީހުންގެ ތެރެއިން ބައެއް މީހުން ވެސް ވަނީ ދެ ކޮޓަރީގެ އެޕާޓުމެންޓް ދޫކޮށްލާނަމަ ބޯހިޔާވަހިކަމުގެ އެހެން ސްކީމަކަށް ކުރިމަތިލެވޭ ގޮތަށް އުސޫލު ބަދަލުކޮށްދެއްވަން ރައީސް އަރިހުން އެދިފަ އެވެ.
0%
0%
0%
0%
0%
6 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2