3 ޖަނަވަރީ 2026
މި ދުވަސްކޮޅު ސޯޝަލް މީޑިއާގައި އެންމެ ބޮޑަށް ވައިގައި ހިފާފައިވަނީ މީޑިއާ ނެޓުގެ އަމިއްލަ ޗެނަލް ''އައިސް ޓީވީ'' ގެ 'ސައި ވިތް ސައީ'' ޕްރޮގްރާމްގެ ޓްރެއިލާއެއްގެ ވީޑިއޯއެވެ. އެ ވީޑިއޯ އެހާ ވައިރަލްވީ ފެންނަނީ ސޯޝަލް މީޑިއާގައި މަޝްހޫރު ޔާނިޔާ އެ ޕްރޮގްރާމްގައި މާލެ އާއި 'ރާއްޖެތެެރެއާ' ބެހޭ ގޮތުން ދެއްކި ވާހަކައިންނެވެ. އަދި އިނގިރޭސި ބަހާއި ދިވެހި ބަހާއި އެއްކޮށްގެން އޭނާ ވާހަކަ ދެއްކުންވެސް ވަނީ ބޮޑު ބަހުސަކަށްވެފަ އެވެ.
ޔާނިޔާ ބުނަނީ އޭނާ އުޅެ ބޮޑުވީ މާލޭގައި ކަމަށްވާތީ ރަށްރަށުގެ ދިރިއުޅުން އެއްވެސް ވަރަކަށް ކަމުނުދާ ކަމަށެވެ. ''އައި ފީލް ލައިކް ޖިންނިއެއް އައިސްދާނެޔޭ'' ޔާނިޔާ ކިޔައިދެ އެވެ.
މި ވާހަކަތަކާއެކު އޭނާ އަށް އެތައް ގޮތަކުން ދަނީ ފާޑުކިޔަމުންނެވެ. އެއް ބަޔަކު ފާޑުކިޔަނީ ''ރާއްޖެ ތެރެ'' ދަށްކޮށްލުމުގެ ނިޔަތުގައި ދެއްކި ވާހަކައިންނެވެ. އަނެއް ބަޔަކު ޖޯކު ޖަހަނީ ޔާނިޔާ ވާހަކަ ދެއްކި ގޮތުންނެވެ.
އެކަމަކު އެ މައުޝޫއާ ގުޅޭ ގޮތުން ތަޖުރިބާކާރުންގެ ދެކޭ ގޮތް ވަރަށް ތަފާތެވެ.
އެ މައޫލޫއާ ގުޅޭ ގޮތުން މަޝްހޫރު ޑައިރެކްޓަރު ޓެޑްރީ ކުރި ޕޯސްޓެއްގައި ބުނީ، އައިސް ޓީވީން އެ ޝޯގެ 30 ސިކުންތުގެ ޓީޒާއެއް ހިއްސާކޮށްފައިވާއިރު އެ ވީޑިއޯ ކްލިޕް އަކީ މުޅި ގައުމުގެ ކުރިމަތީގައި ޔާނާ ލަދުގަންނުވާ ފަދަ ޓީޒާއެއް ކަމަށެވެ.
This video is a classic example of clickbait content made from unworthy content.
First and foremost, a mainstream media outlet like the Ice Network should responsibly correct her shortcomings while filming to make the content worthy enough.
It's a moral obligation of the Ice… — TEDRY⚫️⚪️ (@tedry) January 2, 2026
''އަޅުގަނޑު، ޔާނާ ޕާސަނަލީ އެއް ނުދަންނަން އެކަމަކު ދެކުނިން އިންސްޓަގްރާމުން އޭނާގެ ރީލްސްތަކެއް، އެއީ ވަރަށް ހުނަރުވެރި ކުއްޖެއް'' އެކަމަކު އައިސް ޓީވީން ހިއްސާކުރި ޓްރެއިލާ ފޯކަސް ހުރީ އޭނާގެ ހުނަރަކަށް ނޫން ކަމަށް ޓެޑްރީ ބުންޏެވެ.
''އަޅުގަނޑުގެ ނަޒަރުގައި މި ވީޑިއޯ އަކީ އައިސް ނެޓްވޯކުން މީހެއްގެ އަބުރަށް ގެއްލުންދީ، މީހުންގެ ސަމާލުކަން ހޯދަން ކުރާ މަސައްކަތެއް. އައިސް ނެޓްވޯކާއި އެ ޗެނަލްގެ ވެރިން ލަދުގަންނަން ޖެހޭ'' ޓެޑްރީ ބުންޏެވެ.
ނާއިޝާ ކިޔާ މީހަކު ފޭސްބުކް ގައި ލިޔުނު ދިގު ޕޯސްޓެއްގައި ބުނީ، އެ ޓްރެއިލާ ސޯޝަލް މީޑިއާ އަށް ދޫކޮށްލި އިރު އޭގެ ސަބަބުން ކުރިމަތިވާނެ ކަންކަން އައިސް ޓީވީ އަށް ހަމަ ރަނގަޅަށްވެސް އެނގޭނެ ކަމަށެވެ.
'' ބޭޑް ޕަބްލިސީޓި އަކީވެސް ޕަބްލިސިޓީ އެއް ކަމަށް ދެކުމަކީ މާ ކުރީގެ ފޯމިއުލާއެއް"' އޭނާ ބުނީ ޒުވާން އިންފްލުއެންސަރުންނަށް ފުރުއްސާރަކޮށް ގަނާކުރާ ގޮތަށް ގައުމީ ޗެނަލްތަކުން ޕްރޮގްރާމްތައް ގެނެސްދިނުމަކީ މުނިފޫހި ފިލުވުން ނޫން ކަމަށެވެ.
0%
0%
0%
0%
0%
3 ފެބުރުވަރީ 2026
0
20 ޖަނަވަރީ 2026
0
19 ޖަނަވަރީ 2026
0
18 ޖަނަވަރީ 2026
2
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025