ވަހީދު ވިދާޅުވީ އެޕްސްޓީނާ ބައްދަލުވީ ދެ ފަހަރޭ، ފައިލުން ފެންނަނީ އެހެން މަންޒަރެއް

Waheed vidhaalhuvanee Epstein' aa bahdhaluvee 2 faharey, file'in fennanee ehen manzareh

ރިޕޯޓް

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިންގެ ބަރަހަނާ މަންޒަރު ވީޑިއޯކޮށް، އެ ކުދިންނާއި އެތައް ބަޔަކު ބްލެކްމެއިލްކުރި ޖެފްރީ އެޕްސްޓީންއާ އެކު، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ގުޅުން ބޭއްވި ގުޅުމުގެ މައްސަލަ ފެންމަތިވެ ފާޑުކިޔުން އަމާޒުވުމުން އެމަނިކުފާނު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެޑްވައިޒަރުގެ މަގާމުން ވަނީ އިސްތިއުފާދެއްވާފައެވެ. 

ވަހީދުގެ އޮފީހުން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން ވަހީދު އެޕްސްޓީން އާ ބައްދަލުކުރީ ދެ ފަހަރެއްގެ މަތިންނެވެ. އެއީ 2012 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އާއި އަދި މޭ 2014 ގައި އެމެރިކާގެ ނިއުޔޯކުގައި ހުންނަ އެޕްސްޓީންގެ ގޭގަ އެވެ.

އެކަމަކު އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އެޕްސްޓީންގެ ތަހުގީގާ ގުޅޭ ގޮތުން އާއްމުކޮށްފައިވާ ލިޔެކިޔުންތަކުން ވެސް ދެ ފަހަރަށްވުރެ ގިނައިން ވަހީދު އެޕްސްޓީން އާ ބައްދަލުކުރިކަން ހާމަވެފައިވެ އެވެ.

އެގޮތުން ވަހީދު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން 2011 ވަނަ އަހަރު އެމެރިކާއަށް ކުރެއްވި ދަތުރެއްގައި އެޕްސްޓީންގެ ގޭގައި އޭނާ އާ ބައްދަލުކުރި އެވެ. ޖަސްޓިސް ޑިޕާޓްމެންޓުން ހާމަކޮށްފައިވާ މައުލޫމާތުތަކުގައިވާ ގޮތުން ވަހީދު، އެޕްސްޓީންއާ ބައްދަލުކުރީ 2011 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު  އެޕްސްޓީންގެ ގޭގަ އެވެ. 

އަދި ވެރިކަމަށް ވަޑައިގަތުމުގެ ކުރިން  ޕެރިހުގައި ހުންނަ އެޕްސްޓީންގެ އެޕާޓްމަންޓުގައި ވަހީދު، އެޕްސްޓީންއާ ބައްދަލު ކުރިކަން އެނގެ އެވެ. އެކަމަކު އެއީ ކޮން ތާރީހެއްގައި ކަމެއް ލިޔެކިޔުންތަކުން އެނގޭކަށް ނެތެވެ. އެކަން ހާމަވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުނު ދުވަހު އެޕްސްޓީން، ވަހީދަށް ކޮށްފައިވާ މެސެޖުތަކުންނެވެ. 

"ރާއްޖޭގެ ކަންކަން ތި ބޭފުޅާގެ ބެލުމުގެ ދަށަށް އައުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު އެޕްސްޓީން ވަހީދަށް ކުރި މެސެޖެއްގައި ބުންޏެވެ. ވަހީދަށް އެ މެސެޖް ކޮށްފައިވަނީ ޑީޕީ ވޯލްޑުގެ ޗެއާމަން އަދި ސީއީއޯ ސުލްތާން ބިން ސުލަޔެމްގެ އެދުމުގެ މަތިންނެވެ. އެ މެއިލުން އެނގޭ ގޮތުން އެ ތިން މީހުން ޕެރިހުގައި ބައްދަލުވި އެވެ. އަދި ރާއްޖެ އައުމަށް އެޕްސްޓީން އަށް ވަހީދު ދައުވަތު ދިން ކަމަށް ވެސް ބުނެފަ އެވެ.

ހާމަކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުން އޭގެ ފަހުންވެސް ވަހީދު، އެޕްސްޓީންއާ ބައްދަލުކޮށްފައިވުން އެކަށީގެންވެ އެވެ. އެކަމަކު އެ މިހާތަނަށް އިތުރު ބައްދަލުވުންތަކުގެ ތަފުސީލެއް ކަށަވަރުކުރެވިފައެއް ނުވެ އެވެ.

ވަހީދުގެ އޮފީހުން ނެރުނު ބަޔާނުގައި އެޕްސްޓީންއާއެކު ބޭއްވުނު ގުޅުމަށް ހިތާމަ ކުރައްވާ ކަމަށް ބުނެފައިވާއިރު، އެޕްސްޓީން އަކީ ރަނގަޅަށްވެސް ކާކުކަން ވަހީދަށް އެނގިވަޑައިގަންނަވާނެ އެވެ. އެޕްސްޓީންގެ މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ 2008 ވަނަ އަހަރު އެވެ. 

ލިޔުން ޙިއްސާ ކުރައްވާ

1 ކޮމެންޓްސް, 0 ރިއެކްޝަންސް

Haha
Haha

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

ކޮމެންޓްތައް

ދެލޯ

24 ފެބުރުވަރީ 2026

އެޕްސްޓީންވެސް މަރުވީމައި މިއުޅެނީ މިވަރަށް، މީގެ ކުރިން އަންހެނަކު ރޮއި ހޭރި އާދޭސްކޮށް އަޅައި ނުލި އެމީހާއަށް ވީގޮތްވެސް ނޭނގެ މިހާރު، ވަހީދުވެސް މަރުވީމައި ވަހީދުގެ ބަޢާވާތުގެ މައްސަލަ ބަލަން އުޅޭނީ. އެހެންވެ އޭނަ އެއޮތީ 25އަހަރަށް ރިޕޯޓް ސިއްރުކޮށްފައި. ދެން ބުންނަޖެހޭނީ ޓްރަމްޕް ބުނިހެން. ދެން ވަހީދު ދުނިޔޭގައި ހުރިއިރު ނުކުރިކަމެއް ކީއްކުރަންހޭކުރަންވީ މިޙާރު.

މަގުބޫލް ލިޔުންތައް

Neyvaa nulevigen aadheyskurumunves oxygen gulhainudhin, furaana ah nurakkave ventilatorah!

ނޭވާ ނުލެވިގެން އާދޭސްކުރުމުންވެސް އޮކްސިޖެން ގުޅައިނުދިން، ފުރާނައަށް ނުރައްކާވެ ވެއްޓިލޭޓަރަށް!

0

Rasdhoogai fihunu firihen meehaa faruvaa ah India ah, haalathu annnanee rangalhuvamun

ރަސްދޫގައި ފިހުނު ފިރިހެން މީހާ ފަރުވާއަށް އިންޑިއާއަށް، ހާލަތު އަންނަނީ ރަނގަޅުވަމުން!

0

BREAKING: Rasdhoo gai kotari eh roave 2 meehaku fihijje

ރަސްދޫގައި ކޮޓަރިއެެއް ރޯވެ ދެ މީހަކު ފިހެއްޖެ

2

'2 of us' roolhijje; Jaisham ai Hisam ves feyah

'2 އޮފް އަސް' ރޫޅިއްޖެ؛ ޖައިޝަމް އާއި ހިޝާމްވެސް ފެޔަށް

2