17 މޭ 2025
ދިވެހި މިއުޒިކް އިންޑަސްޓްރީގެ މަޝްހޫރު އަޑުގަދަ ލަވަކިޔުންތެރިޔާ ޓޯއި އޭނާގެ އާ ލަވައެއް ރިލީސްކޮށްފިއެވެ. "ވަށާފާރު" ގެ ނަމުގައި ނެރެފައިވާ މި ލަވައަކީ އޭނާގެ ތިންވަނަ އަލްބަމް 'ސިކްސް: ދަ އަންރިޓެން ޗެޕްޓާ' ގައި ހިމެނޭ ލަވައެކެވެ.
މި އަލްބަމް ރިލީސްކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ. "ވަށާފާރު" އެއީ މި އަލްބަމް ނެރުމުގެ ކުރިން، އަލްބަމްގެ ޕްރޮމޯޝަން ލަވަ އެވެ.
ޖުމްލަ 20 ލަވަ ހިމެނޭ މި އަލްބަމްގެ "ވަށާފާރު" ޕްރޮޑިއުސްކޮށްފައިވަނީ ދިވެހި މިއުޒިކް އިންޑަސްޓްރީގެ ފަންނާނު ޝަހޫވޭންއެވެ. އަދި ލަވައިގެ އެނިމޭޝަން ވީޑިއޯ ތައްޔާރުކޮށްފައިވަނީ ވެސް ޓޯއިއެވެ.
"މި އަލްބަމްގައި ހިމެނޭ ލަވަތަކަކީ އަހަރެންގެ ހަޔާތުގެ ވާހަކަތައް ކިޔައިދޭ ލަވަތަކެއް،" ޓޯއި ވަނީ ބުނެފައެވެ.
މި އަލްބަމްގައި ސިމްބޮލިކް ރެކޯޑްސްގެ ގިނަ ފަންނާނުންގެ އަޑު އިވިގެންދާނެކަމަށް ޓޯއި ވަނީ ހާމަކޮށްފައެވެ. އެގޮތުން ޕެސްޓު، މާޓު، ޒިޔާ، ނައްލު، ޕެންޑާ، ޝާދިން، ނައިޑެން، މާނު، ސިރާޖް އަދި ތިފޫ ގެ އަޑު ލަވަތަކުން އިވިގެންދާނެއެވެ.
ރެޕް ލަވަތަކުން އެތައް ދިވެހިންނެއްގެ ޝައުގުވެރިކަން ހޯދާފައިވާ ޓޯއި އަކީ ސިމްބޮލިކް ރިކޯޑްސް (އެސްއާރް) ގެ އާޓިސްޓުންގެ ތެރެއިން އެންމެ ގިނަ ލަވަތައް ނެރެފައިވާ އެއް ފަންނާނެވެ. އަދި ރާއްޖޭގެ މަޝްހޫރު ރެޕް އާޓިސްޓް ޕެސްޓްއަށް ފަހު ދެން އެންމެ ގިނައިން ހިޕްހޮޕް ފޭނުން ބަލައިގަންނަ ފަންނާނަކީވެސް ޓޯއިއެވެ.
2013 ވަނަ އަހަރު އުފެއްދި ސިމްބޮލިކް ރެކޯޑްސްއަކީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކުރެވުނު ފުރަތަމަ ރެކޯޑް ލޭބަލް ފޯމެޓް ކުންފުންޏެވެ. އެސްއާރުން އެންމެ ފުރަތަމަ ހިޕް-ހޮޕް އަދި ރެޕް މިއުޒިކަށް އަމާޒުކޮށް ލަވަ ނެރެމުން ދިޔަ ނަމަވެސް މިހާރު އެހެން ޖާންރާތަކުގެ ލަވަތައްވެސް ނެރެމުން ގެންދެއެވެ.
0%
0%
0%
0%
0%
1 ދުވަސް ކުރި
0
2 ދުވަސް ކުރި
0
3 ދުވަސް ކުރި
0
3 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0