ސަރުކާރުން ފެށި ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމައި އާއްމުންނަށް ހުޅުވާލައިފި އެވެ.
އެމްޓީސީސީން ފަށައި ފުރަތަމަ ތަރައްޤީ ކުރީ މާލޭގެ އެންމެ ކާރުބާރު ބޮޑު އެއް ސަރަޙައްދު ކަމަށްވާ އެމްއެމްއޭ ސަރަހައްދެވެ. އެ ސަރަހައްދުގައި އިއްޔެ ތާރު އަޅައި ނިންމައި އިއްޔެ އާންމުންނަށް ހުޅުވާލާފައިވާއިރު ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން ދަނީ އެެއީ ސަރުކާރަށް ލިބުނި ކާމިޔާބީއެއް ގޮތުގައި ވަރަށް ބޮޑަށް ފާހަގަކޮށް ސޯޝަލް މީޑިއާގައި ތާރުއެޅި ސަރަހައްދު މަތިން ނަގާފައިވާ ފޮޓޯތައް ހިއްސާކުރަމުންނެވެ.
— Malsha (@malshasharyf) December 8, 2025![]()
ސަރުކާރުގެ ސިޔާސީ މަގާމެއްގަ އަދާކުރަމުންދާ މަލްޝާ ޝަރީފް، 'އެކްސް' ގައި ތާރުއަޅާފައިވާ ސަރަހައްދުގެ ފޮޓޯއެއް ހިއްސާކުރުމުން އަހުމަދު ޒާހިދު ނަމަކަށް ކިޔާ މީހަކު މަލްޝާ އަށް ހަނދާން ކޮށްދިނީ ތާރުއެޅިޔަސް އަދި މައްސަލަތައް ހައްލު ނުވާނެ ކަމެވެ.
އެކަން ޒާހިދު ސާބިތުކޮށްދިނީ މަލްޝާގެ ފޮޓޯއަށް އޭނާ ކުރި ރިޕްލައިންނެވެ. އޭނާ ހިއްސާކުރީ ތާރު އަޅާފައިވާ ސަރަހައްދުގައި ޕާކު ކުރާނެ ތަނަކާއެތަނުގެ ލަފާފޭބެނެ ގޮތް ހަދާފައި ހުންނައިރު އެތަން ހުންނާނެ ގޮތެވެ. އަދި ފަޅުތެރެއަށް ގެނެވިދާނެ ބަދަލުވެސް އެ ފޮޓޯއިން ފެނެ އެވެ. ޒާހިދު ހިއްސާކުރި އެހެން ފޮޓޯއެއް (މި ފަހުގެ) ފެންނަނީ ޖެޓީގައި ބަޔަކު މަޑުކޮށްލައިގެން ތިބޭ ތަނެވެ. ތާރުއެޅިޔަސް އެ މީހުން އިށީންނާނެ ތަނެއް ޖެޓީގައެއް ނެތެވެ.
I fixed it for you Malsha you are welcome. 😁 https://t.co/WG1OdEn7hZ pic.twitter.com/hgZnwiap9c — Ahmed Zahid (@ahmedzahid) December 8, 2025
މިއިންވެސް ހާމަވާ އެއް ކަމަކީ ޕްލޭނެއް ނެތި ހަމައެކަނި ތާރުއަޅާލުމުން ނުފުދޭ ކަމެވެ. ކަންކަމަށް ހައްލު އަންނާނީ ރަނގަޅު ޕްލޭނެއްގެ ދަށުން ކަންކަން ކުރުމުން ކަމެވެ.
0%
0%
0%
0%
0%
14 ގަޑިއިރު ކުރި
0
2 ދުވަސް ކުރި
0
3 ދުވަސް ކުރި
0
6 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2